މޯލްޑިވްސް ޕޮލިސް ސާވިސް

ފިލައިގެން އުޅުނު ޕާކިސްތާނު މީހާ ހައްޔަރު ކޮށްފި

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ހޯދަމުން ދިޔަ ޕާކިސްތާނު މީހާ ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަަތުން ހޯދަމުން ދިޔައީ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ނަމަކަށް ކިޔާ މީހެކެވެ. އެ މީހާގެ ފޮޓޯވެސް ފުލުހުން އާންމު ކުރިއެވެ. ފުލުހުން ވަނީ އެ މީހާ ފެނިއްޖެނަމަ އޭނާއާ ކުރިމަތި ނުލަން އެދިފައެވެ. އަދި އެ މައުލޫމާތު 119 އަށް ގުޅާ ހިއްސާ ކުރުމަށް އެދިފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އާބިދު އަކީ ވަރަށް ނުރައްކާތެރި މީހެކެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއެވެ.

ފަހުން ފުލުހުން ބުނީ އެ މީހާ ހައްޔަރު ކޮށް މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ޚާންޖީ ރެސްޓޯރަންޓްގައި ހިނގި ހާދިސާގައި އާބިދު ވަނީ އެ ތަނުގައި މަސައްކަތް ކުރާ ވެއިޓަރަށް ބޮޑު ވަޅިއަކުން އެތައް ފަހަރަކު ހަމަލާ ދީފައެވެ. ކަރާއި ހަށިގަނޑު އެކި ގުނަވަންތަކަށް ފުން ޒަހަމުތައް ދީފައި ހުއްޓެވެ. އެކަމާއި ގުޅިގެން ވަގުތުން އޭނާ މަރުވިއެވެ.

ހޮސްޕިޓަލަށް ގެންދިއުމުގެ ކުރީން އޭނާއަށް އެކި ކަހަލަ ފަރުވާ ދެވޭތޯ ރެސްޓޯރަންޓްގެ މުވައްޒިފުން މަސައްކަތް ކުރިއެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ވަނީ މަރުވެފައެވެ.