ކަނޑުމަތީގެ ހާދިސާ

ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

Apr 17, 2022

ސަން އައިލެންޑް ރިސޯޓްގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

ރިސޯޓުގެ ނަން ހާމަނުކޮށް ފުލުހުން ބުނީ އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި މޫދަށް އެރިއުޅުނު ފިރިހެން ފަތުރުވެރިޔަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:11 ހާއިރު ކަމަށެވެ.

ފަތުރުވެރިޔާ އަށް ފަރުވާ ދިން ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ މަރުވީ ފަރުވާ ދެމުން ދަނިކޮށެވެ.

އަވަސް އަށް އެނގިފައިވާ ފަތުރުވެރިޔާ މަރުވީ ފޮޓޯ ޝޫޓަކަށް މޫދަށް އެރިގެން އުޅެނިކޮށް ފުންތަނަކުން ގަނބައިގަނެގެންނެވެ.