ދިރާގު

ދިރާގު ޓީވީ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

Apr 18, 2022

ދިރާގު ޓީވީން ކުރި އަށް ގެންދިޔަ "ސަބްސްކްރައިބް އެންޑް ވިން" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

ގިނަ ބަޔަކު ސަބްސްކްރައިބް ކުރަމުން ގެންދާ ދިރާގު ޓީވީގެ މި މި ޕްރޮމޯޝަންގެ އެއް ވަނަ އިނާމު ލިބިފައި ވަނީ އަލީ އަބްދުލް ސަމަދަށެވެ. އޭނާ އަށް އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ސެމްސަންގް ޒީ ފޯލްޑް ފޯނެކެވެ.

މި އިނާމުގެ އިތުރުން ދިރާގުން ވަނީ އިތުރު 10 ފަރާ ތަކަށް އިނާމު ހަވާލު ކޮށްފަ އެވެ. މި ފަރާތްތަކަށް ވަނީ ހަ މަސް ދުވަހަށް ބޭސިކް ނުވަތަ ގޯލްޑް ޕެކޭޖެއް ހިލޭ ދީފަ އެވެ.

އިނާމު ލިބުނު ފަރާތްތައް

  • އައިމިނަތު ސާތިރާ
  • މުހައްމަދު ޝައުފާން
  • އަހުމަދު ނަޖީބު
  • ފާތުމަތު ސަނާ
  • މޫސާ މަނިކްފާނު
  • އަހުމަދު ސުޖާއު
  • އަހުމަދު ހަލީލް
  • ސަމީރު އަހުމަދު
  • އަހުމަދު ރަޝީދު

ދިރާގު ޓީވީ އިން 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭއިރު މިހާރު މި ޗެނަލް ވެފައިވަނީ އެންމެ ފުޅާ ދާއިރާއެއްގައި އައިޕީޓީވީގެ ހިދުމަތްދޭ ފަރާތަކަށެވެ. މި ޓީވީ ރާއްޖޭގެ ގޭބިސީތަކުގެ 82 ޕަސެންޓަށް ލިބެ އެވެ.