ދިރާގު ޓީވީ

ދިރާގު ޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް

ދިރާގު ޓީވީ ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީ ހިލޭ ގުޅައިދީ އަދި ޑީކޯޑަރު ވެސް ހިލޭ ލިބިގެން ދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މޭ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްގެން ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވެވޭނެ ކަމަށެވެ. މި މުއްދަތުގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައިކުރާ 20 ނަސީވެރިންނަށް ހަ މަސް ދުވަހަށް ދިރާގު ތިވީ ހިލޭ ލިބޭނެ އެވެ.

ދިރާގު ޓީވީ އިން 100 އަށްވުރެ ގިނަ ޗެނެލް ބަލައިލެވޭނެ އެވެ. ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރު ކޮށްދެމުން އަންނަ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.