ކާނާ

ޕިޓަހާޔާ: ކުޑަކުދީންނަށް މާ މީރު މެވާއެއް

50%
0%
50%

ޕިޓާޔާ ނޫނީ ޕިޓަހާޔާ / ޑްރެގެން ފުރުޓަކީ ކެކްޓަސް އާއިލައަށް ނިސްބަތްވާ ގަހެއްގައި އަޅާ މޭވާއެކެވެ. މި މޭވާގެ ބޭރު ތޮށިގަނޑުގައި ކުޑަ ހަރުކަމެއް ހުރެއެވެ. ގަހުގައި މި މޭވަ އަޅާފައި ހުންނައިރު ބޮޑަށް ވައްތަރު ވާނީ ޑްރެގަން އަކާ އެވެ.

ގަދަ ފިޔާތޮށި ކުލަ އާއި ރީނދޫ ވެސް ހިމެނޭ މި މޭވަގައި މަޑު މީރު ފޮނި ހުތް ރަހައެއް ހުރެއެވެ. ބޮޑަށް މީގެ ރަހަ ކައިރި ކުރަނީ ޕެއާސް އަދި ދޮން ކީވީ ގެ ރަހައާ އެވެ. މި މޭވާއަކީ ހަށިގަނޑަށް ބޭނުން ދަގަނޑުގެ ބައި އިތުރު ކޮށްދޭ މެވާއެކެވެ. ދަގަނދަކީ، ހަށިގަނޑުތެރޭ ހުންނަ އޮކްސިޖަން ދައުރުކޮށް ދިނުމަށް އެހީތެރި ވެދޭ މައްދާއެކެވެ.

މި މޭވާ ގްރިލްކޮށްލައިގެން ވެސް މީރެވެ. މީގެ އިތުރުން ޑްރެގަންފުރުޓް ސްމޫތީއާއި ބައެއް ފޮނިކާތަކެތި ތައްޔާރުކުރުމުގައި ވެސް މި މޭވާ ބޭނުން ކުރެއެވެ.

ރާއްޖޭގައި ޑްރެގަންފުރުޓް އަގު ބޮޑު ނަމަވެސް މިއީ ކުޑަ ކުދިން އެންމެ މީރުކޮށް ކައިއުޅޭ އެއް މޭވާ ކަމަށް ވެއެވެ. ހަޖަމްގެ ބަލިތަކަށް ލުޔެއް ގެނުވައިދޭ މިމޭވާގެ އަސްލު ނިސްބަތްވަނީ ސެންޓްރަލް އެމެރިކާއަށެވެ.

ކޮލެސްޓްރޯލް ހުންނަ މީހުން ޑުރެގަންފްރުޓް ކެއުމުން އެބައި ދައްކޮށްލައި ދެއެވެ. އެންޓި އޮކްސިޑަންޓްއިން ފުރިގެންވާ މި މޭވައަކީ ރަނގަޅު ސިއްހަތެއްގައި އިންސާނާގެ ހިތް ބޭއްވުމަށް އެހީތެރިއެކެވެ. މީގައި ޕޮޓޭސިއަމާއި ދަގަނޑުބައިގެ އިތުރުން ވިޓަމިން ސީ ވެސް ހިމެނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އައިސް

ފިޓަހާޔާ އެއްނޫން... ޕިތާޔާ ދިވެހިން ކިޔާއުޅެނީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910