ވިޔަފާރި

ސްޕޯޓްސް ލައިންގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިިފި

Apr 18, 2022

އޮންލައިންކޮށް ކުޅިވަރުގެ ސާމާނު ވިއްކުމަށް ފަހު މަޝްހޫރު ވެގެން ދިޔަ "ސްޕޯޓްސް ލައިން" ގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭ ރަނައުރާ މަގުގައި، ހުރަވީ ސްކޫލް ކައިރީގައި ހުޅުވި "ސްޕޯޓްސް ލައިން" އިން ފިހާރަ ހުޅުވުމާ ދިމާކޮށް އޯޕަނިން ސޭލެއް ފަށާފަ އެވެ.

މި ސޭލްގައި ފަސް ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޑިސްކައުންޓް ލިބޭނީ އެ ފިހާރަ އަށް ގޮސް ވިޔަފާރި ކުރުމުންނެވެ.

ސްޕޯޓްސް ލައިންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ފަރާތުން ބޭނުންވަނީ މި ފިހާރަ އަށް ގޮސް ވިޔަފާރި ކުރުމެވެ. ފިތުރު އީދުގެ ނިޔަލަށް ސޭލް ކުރިއަށް ދާނެ ކަމަށާއި ސޭލްގައި އެކި މުދަލުން އެކި އަގުގެ ޑިސްކައުންޓެއް ވިޔަފާރިކުރައްވާ ފަރާތްތަކަށް ލިބޭނެ އެވެ.

"އޮންލައިންކޮށް ލިބިގަތް ހިދުމަތް ފިހާރައަށް ވަޑައިގެން ހޯއްދެވުން. ފިހާރައަށް ވަޑައިގަންނަވާ ނަމަ އަގު ހެޔޮވާނެ. ޑިސްކައުންޓް ލިބިވަޑައިގަންނަވާނެ. މި ޕޮރޮމޯޝަން މި ހާއްސަކޮށްލަނީ ފިހާރައަށް ވަޑައިގަންނަވާ ބޭފުޅުންނަށް،" ސްޕޯޓް ލައިންގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވިއެވެ.

ސްޕޯޓްސް ލައިން އިން ތަފާތު ބްރޭންޑްތަކުގެ ކޮލިޓީ އައިޓަމްތައް ލިބެން އެބަ ހުއްޓެވެ. ދެ ޖިންސަށް ބޭނުންވާނެ ތަފާތު އައިޓަމްތަކާއި ކުޑަކުދިންގެ ކޮލިޓީ ތަފާތު އައިޓަމްތަކެވެ.

ސްޕޯޓްސް ލައިން އިން ފިހާރައެއް ހުޅުވި ނަމަވެސް އޮން ލައިން ހިދުމަތެއް ނުހުއްޓެއެވެ. އެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ލިބޭނެ އެވެ. އެގޮތުން 200ރ. އިން މަތީގެ ވިޔަފާރިއެއް ކުރުމުން ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ.