ކޮކާ ކޯލާ

ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ރަނުގެ ފުރުސަތެއް

ކުރިއަށް އޮތް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޯރި ގަދަކޮށް ރާއްޖޭގައި ތިބި ފުޓްބޯޅަ ފޭނުންނަށް ކަމުދާނެ ފަދަ ކަންކަން ގެނެސްދިނުމަށް ކޮކާ ކޯލާއިން ޔުއެފާ ޔޫރޯއާއެކު ކުރިއަށްގެންދާ ޕާޓްނާޝިޕް އިއުލާނުކޮށްފި އެވެ.

ޔޫރަޕުގެ އެންމެ ފޯރިގަދަ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ އޮންނާނީ މިމަހުގެ 14 އިން ޖުލައި 14 އާ ހަމައަށް ޖަރުމަނުގަ އެވެ.

ޔޫރޯ އާ ދިމާކޮށް ކޮކާ ކޯލާއިން ފެށި ހާއްސަ ކެމްޕޭނުގެ ދަށުން ޖަރުމަނުގެ ބާލިންގައި ކުޅޭ ޔޫރޯގެ ފައިނަލް މެޗު ބަލާލަން ދިޔުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ފުޓްބޯޅައިގެ މި ފޯރިގަދަ ސީޒަނާ ދިމާކޮށް ކޮކާ ކޯލާއިން ވަނީ އެ ކުންފުނީގެ މަޝްހޫރު ފުޓުބޯޅަ ތީމްގެ ޕެކޭޖިން ވެސް ތައާރަފްކޮށްފަ އެވެ.

މި ހާއްސަ ޕެކޭޖިންގައި ބަންދުކޮށްފައިވާ ކޮކާ ކޯލާ ފުޅީގެ މަތިގަނޑު އަދި ދަޅުގެ ޓެބްގެ ދަށުގައިވާ ހަ އަދަދުގެ ކޯޑު '2626'އަށް އެސްއެމްއެސް ކުރުމުން ޔޫރޯގެ ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޕްރޮމޯޝަން ކުރިއަށްދާނެ ގޮތް

  • ޕްރޮމޯޝަން ކުރިއަށްގެންދާނީ 1 މެއި – 15 ޖޫންގެ ނިޔަލަށް
  • ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ހަ ނަސީބުވެރިންނަށް ލިބޭނެ (އިތުރު ބައިވެރިޔަކާ އެކު)
  • ކޮންމެ ދެ ދުވަހުން އެއް ދުވަހަކު ސްމާޓްފޯނާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ
  • އެސްއެމްއެސް ކުރާ މިންވަރަކަށް އިނާމެއް ލިބުމުގެ ފުރުސަތު ބޮޑުވާނެ
  • ފުރަތަމަ ލަކީޑްރޯ ނަގާނީ 11 މެއިގައި، އަދި އޭގެ ފަހުން ކޮންމެ ދެދުވަހުން އެއް ދުވަހަކު ނަސީބު ވެރިން ހޮވުން އައިސް ޓީވީއިން ލައިވްކޮއް ކުރިއަށްދާނެ

ކޮކާ ކޯލާއިން ރާއްޖެ އަދި ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ކޯޝަލީ ކުސުމަޕަލާ ވިދާޅުވީ ކުރިއަށް އޮތް ޔޫރޯއާ ދިމާކޮށް އެ ކުންފުނިން 'ޔުއެފާ ޔޫރޯ 2024' އާއެކު ގާއިމްކުރި ޕާޓްނާޝިޕަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މި ޕާޓްނާޝިޕްގެ ދަށުން ކޮކާ ކޯލާއިން މަސައްކަތް ކުރާނީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް، ކުރިއަށް އޮތް ޔޫރޯ މުބާރާތުގެ ދުވަސްތަކުގައި ތަފާތު ތަޖުރިބާއެއް ގެނެސްދިނުމަށެވެ.

ޔޫރޯ މުބާރާތް ފެށެން ކައިރިވަމުންދާއިރު ކުރިއަށް އޮތް ތަނުގައި ވެސް އެ މުބާރާތާ ގުޅޭ ތަފާތު ހަރަކާތްތައް ކޮކާ ކޯލާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އިއުލާން ކުރަމުންދާނެ އެވެ.

ކޮކާކޯލާ އަކީ ޔުއެފާ ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ މުބާރާތުގެ ދުވަސްވީ ޕާޓްނަރެކެވެ. އެގޮތުން 1988 ވަނަ އަހަރުން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާ ކޯލާއިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.