މާވެލް ޔުނިވާސްގެ ތަފާތު ކެރެކްޓަރުތަކެއް ހިމެނޭ ގޮތަށް ކޮކާ-ކޯލާގެ ހާއްސަ އެޑިޝަން ޕެކޭޖިން ތައާރަފްކޮށްފި އެވެ.
މި ގުޅުމުގެ ސަބަބުން ކޮކާ-ކޯލާ އާއި މާވެލްގެ ލޯބިވާ ދުނިޔެތައް އެއްކޮށް، ފޭނުންނަށް ތަފާތު އަދި އޭގެ ތެރެއަށް ވަދެވިގެންދާ ފަދަ ތަޖުރިބާއެއް ލިބިގެންދެ އެވެ.
ރާއްޖޭގައި ކުރިއަށްދާ "ކޮކާ-ކޯލާ އެކްސް މާވެލް: ދަ ހީރޯސް" ކެމްޕޭނުގައި މާވެލްގެ 13 ކެރެކްޓަރެއް ދައްކާލާފައިވެ އެވެ.
މީގެތެރޭގައި ކޮކާ-ކޯލާ އާއި ކޮކާ-ކޯލާ ޒީރޯ ޝުގާ ފުޅިތަކާއި ދަޅުތަކުގައި ޑެޑްޕޫލް އާއި ވޮލްވަރިން ފަދަ ފޭނުން އެންމެ ގަޔާވާ ކެރެކްޓަރުތައް ހިމެނެ އެވެ. ޕެކޭޖިންގައި ހުދު، ރަތް އަދި ކަޅު ޓޯންގެ ބެލެންސްއާ އެކު ފާހަގަކޮށްލެވޭ ޑިޒައިންއެއް އެކުލެވިގެންވާއިރު ކޮންމެ އުފެއްދުމަކީވެސް ގޭގައި ހަނދާނަކަށް ބަހައްޓާލެވޭ ފަދަ އެއްޗަކަށް ވެގެންދެ އެވެ.
ރާއްޖޭގައި ތިބި ފަރާތްތަކަށް މި ހާއްސަ އެޑިޝަންގައި ހިމެނޭ ކިއުއާރު ކޯޑްތައް ސްކޭންކޮށްލުމުން ފުޅި އާއި ދަޅުގެ ޕެކެއްގައި ހިމެނޭ ކޮންމެ ބަތަލަކަށް ނުވަތަ ވިލަންއަކަށް އެކްސްކްލޫސިވް އޭއާރް އެނިމޭޝަން ތަޖުރިބާތައް ހުޅުވާލެވޭނެ އެވެ. މި އިންޓަރެކްޓިވް ފީޗާގެ ސަބަބުން ފޭނުންނަށް އެމީހުން އެންމެ ގަޔާވާ ކެރެކްޓަރުތަކާ މުޅިން އާ ގޮތަކަށް ގުޅިލާމެހިގެން ގޮސް، މާވެލް ޔުނިވާސްއަށް އިތުރު ދިރުމެއް ގެނެސްދެ އެވެ.
ބައެއް ފިހާރަތަކުން ބޮޑު ދެ ފުޅިއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް މާވެލް ފްރިޖް މެގްނެޓެއް މުޅިން ހިލޭ ލިބޭއިރު މިއީ ކެމްޕޭނަށް އިތުރު ފޯރިއެއް ގެނެސްދޭ ކަމެކެވެ.
"މި ކެމްޕޭނަކީ ލޯބިވާ ދެ ގްލޯބަލް ބްރޭންޑެއް އެއްވެލައިގެން، ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ފަރާތްތަކަށް ހާއްސަ ކަމެއް ފޯރުކޮށްދިނުމުގެ ކެމްޕޭނެއް،" ކެމްޕޭނާ ގުޅޭގޮތުން ސްރީލަންކާ އާއި ރާއްޖެއަށް ހާއްސަކޮށްފައިވާ ކަންޓްރީ ޑިރެކްޓަރު ކައުޝާލީ ކުސުމާޕާލާ ވިދާޅުވި އެވެ.
“ފޭނުންނަށް އެމީހުން އެންމެ ގަޔާވާ މާވެލް ބަތަލުންނާ އެކު ގާތުން ބައްދަލުކޮށްލައި މަޖާކޮށްލުމުގެ ފުރުސަތު ދެވުމަކީ އަޅުގަނޑުމެން ލިބޭ އުފަލެއް،" އޭނާ ވިދާޅުވި އެވެ.
ކޮކާ-ކޯލާއިން މި ކެމްޕޭނަށް ފުރިހަމަ މާކެޓިން ކެމްޕޭނެއް ހުޅުވާލާނެ އެވެ. މީގެތެރޭގައި ޓީވީ އިޝްތިހާރާއި ފިހާރަތަކުގައި ޖަހާ އިޝްތިހާރުތަކުގެ އިތުރުން ޝައުގުވެރި ސޯޝަލް މީޑިއާ ކޮންޓެންޓް ހިމެނެ އެވެ. ޓީވީ އިޝްތިހާރުތަކުން ބެލުންތެރިން ދަތުރުކުރާނީ ކޮކާ-ކޯލާއެއް ހުޅުވުމުގެ ސާދާ އަމަލުން މާވެލް ޔުނިވާސްގެ ގޭޓްވޭއެއް ހުޅުވި، ގުޅުމާއި ފޯރީގެ ފޯރިގަދަ ވަގުތުތަކެއް އުފެދިގެންދާނެ ދުނިޔެ އަކަށެވެ.
މި އެއްބާރުލުމަކީ އުތުރު އެމެރިކާ، ލެޓިން އެމެރިކާ، ޔޫރަޕް، ޗައިނާ، ޖަޕާން އަދި އޭޝިއާ ޕެސިފިކް ސަރަހައްދު ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ގައުމު ހިމެނޭ ދުނިޔޭގެ ކެމްޕޭނެއްގެ ބައެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުން މި ހާއްސަ އެޑިޝަން އުފެއްދުންތައް އެއްކުރަމުން އަންނައިރު މިހާރު މިއޮތީ ރާއްޖޭގައިވެސް މި އުފާފާޅުކުރުމުގެ ގޮތުން ބައިވެރިވާންވީ ވަގުތެވެ.
ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 138 އަހަރު ވަނީ ވެފަ އެވެ.
ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައްވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.