ހަބަރު

ކޮކާކޯލާގެ ޕްރޮމޯޝަނެއް ފަށައިފި

އާއިލާތަކުގެގެ ގުޅުން ބަދަހި ކުރަން މުޅި ދުނިޔޭގައި ކޮކާކޯލާއިން ހިންގާ ޕްރޮމޯޝަން ރާއްޖޭގައި ވެސް ފަށައިފި އެވެެ.

"ކޯކް އެންޑް މީލްސް" ގެ ނަމުގައި ކޮކާކޯލާއިން ރާއްޖޭގައި މިއަދު ފެށި ޕްރޮމޯޝަނުގައި، ގަންނަ ކޮންމެ ދެ ލީޓަރުގެ ބޮޑު ކޯކު ފުޅިއަކާއި އެކީ ކޮކާކޯލާގެ އައިކޮނިކް ބެލް ގްލާހެއް ލިބެ އެވެ.

ކޮކާކޯލާގެ ރާއްޖޭގެ މެނޭޖަރު ޕަންކަޖް ސިންހާ ވިދާޅުވީ މި ޕްރޮމޯޝަނަކީ އާއިލާތައް އެކުގައި ގޭގައި ތިބޭއިރު ކާ ވަގުތުތަކުގައި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަން މިއަދުން ފެށިގެން 31 މާޗާ ހަމައަށް ކުރިއަށްދާއިރު، މާލޭގެ ބޮޑެތި ސުޕަ މާޓްތަކުގައި ޕްރޮމޯޝަން ކުރިއަށް ދާނެ އެވެ. ދުނިޔޭގައި 132 އަހަރުވެފައިވާ ކޮކާކޯލާ ބްރޭންޑަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު ބުއިމެކެވެ.