ކޮކާ ކޯލާ

ކޮކާ-ކޯލާ ކުންފުނިން "ޗާޖްޑް" ރާއްޖެއަށް ތައާރަފްކޮށް ބޮޑު ޕްރޮމޯޝަނެއް

Jun 25, 2023

ކޮކާ-ކޯލާ ކުންފުނިން ރާއްޖޭގައި ވިއްކާ ބުއިންތަކުގެ ލިސްޓަށް އިތުރު ކުރިއެރުމެއް ގެނެސްދޭ، ކެފެއިން އެކުލެވިގެންވާ ބުއިމެއް ކަމަށްވާ "ޗާޖްޑް" ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މީރުމާ އިވެންޓް ހޯލުގައި މިކަމަށްޓަކައި ބޭއްވި ހަފްލާގައި ފާހަގަކޮށްލެވޭ މެހެމާނުންނާއި އެކި ސިނާއަތްތަކުގެ އިސް ފަރާތްތަކާއި އިންފްލުއެންސަރުންނާއި މީޑިއާގެ މެމްބަރުން ވެސް ބައިވެރިވި އެވެ. މި ހަފްލާގައި ބައިވެރިވި ފަރާތްތަކަށް ޗާޖްޑްގެ ބެރީ ރަހަ ތަޖުރިބާކޮށްލައި، ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއެއްގެ ބައިވެރިއެއްގެ ގޮތުގައި ބޭނުންކުރުމަށް އިންތިޒާރުކުރަމުން އައި ބުއިމުގެ އަޖުމަ ބަލާލައި، އަދި މި ބްރޭންޑުން ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއަޅާ ގޮތް ދެނެގަތުމުގެ ފުރުސަތު ވެސް ލިބިގެންދިޔަ އެވެ.

ކޮކާ-ކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވީ ކަސްޓަމަރުން ބޭނުންވާ ރަހަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ފެތޭ ފަދަ އީޖާދީ ބުއިންތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އަދި ކުރާ ތަސައްވަރަކީ، ބެރީ ރަހަލާ ޗާޖްޑް އަކީ ކޮންމެ ދުވަހަކު ވެސް ހަރަކާތްތައް އިތުރުކޮށް، މުޅި އަހަރު ތެރޭގައި ވެސް ހަރަކާތްތެރި ޖަޒީރާ ދިރިއުޅުމެއް ވޭތުކުރުމަށް އެންމެންނަށް ވެސް އެންމެ ކަމުދާ ބުއިމަށް ވެގެން ދިއުން،" ޕަންކަޖް ސިންހާ ވިދާޅުވި އެވެ.

ބެނެލީ މޯލްޑިވްސް އާއި ލޮޓަސް ބައިކް ޝޮޕާ ގުޅިގެން ޗާޖްޑް އިން ވަނީ ކަސްޓަމަރުންނަށް ހިތްގައިމު ޕްރޮމޯޝަނެއް ފަށައި، ބެނެލީ 180 އެސް އަދި ބެނެލީ ލިއޮންސިނޯ 250 މަރުކާގެ ޒަމާނީ ހަ ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފަ އެވެ.

ބެނެލީ ސައިކަލު ލިބޭ ނަސީބުވެރިން އިއުލާނުކުރާނީ ކޮންމެ ދެ ހަފްތާއަކުން – ޖުލައި 2 އަދި ޖުލައި 22ގައި އާއި އޮގަސްޓް 5 އަދި އޮގަސްޓް 19ގައި އާއި ސެޕްޓެމްބަރު 2 އަދި ސެޕްޓެމްބަރު 16 ގައެވެ. މިއިން ކޮންމެ ރެއެއްގައި 9:30ގައި ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ގުރުއަތު ނެގުން ވަގުތުން ދައްކާނެ އެވެ. ޗާޖްޑް ދަޅެއް ގަންނައިރު ކަހާލެވޭ ކާޑުކޮޅަކަށް އެދުމުން ލިބޭ އެ ކާޑުކޮޅު ކަހާލުމުން ފެންނަ ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626އަށް ފޮނުވުމުން "ގެޓް ޗާޖް އެންޑް ވިން" ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން، ބެނެލީ ސައިކަލުގެ އިތުރުން، ޗާޖްޑް ބްރޭންޑެޑް ހެލްމެޓާއި ޗާޖްޑް ދަޅު ކޭސް ފަދަ އިތުރު އިނާމުތައް ވެސް ކަސްޓަމަރުންނަށް ހޯދޭނެ އެވެ.

ޗާޖްޑް އަދި މި ބްރޭންޑުގެ ޕްރޮމޯޝަންގެ އިތުރު މައުލޫމާތާއި އެންމެ ފަހުގެ ކަންކަން ހޯދުމަށް ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބްގައި @ChargedMaldives ފޮލޯކޮށްލުމުން ލިބޭނެ އެވެ.

ކޮކާކޯލާ އިން ބުނީ ޝައުގުވެރިކަން ދެމެހެއްޓުމުގެ ގޮތުން ޗާޖްގެ ދިވެހި އޯޑިއަންސަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއި ގިވްއަވޭތައް ހިމެނޭ ގޮތަށް މާކެޓިން ކެމްޕޭންތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. "ގެޓް ޗާޖްޑް އެންޑް ރީޗާޖްޑް" ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތްތާއި ޗާޖްޑް ބުއިމާ އެކު، ކަސްޓަމަރުންގެ ހިތް ދަމައިގަނެ، ރާއްޖޭގެ މާކެޓަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)ގެ ޗީފް އޮޕަރޭޓިން އޮފިސަރު މިލިންދު ޑެރަސާރީ ވިދާޅުވީ ކުރިއަށް އޮތް ދަތުރާ މެދު ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. ޗާޖްޑްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ހަމަ އެއާ އެކު މިއިފްތިތާހުކުރި ހިތްގައިމު ޕްރޮމޯޝަން ހަގީގަތަކަށް ހެދުމުގައި ބެނެލީ އާއި ލޮޓަސް ބައިކް ޝޮޕުން ބައިވެރިވި، އަޅުގަނޑުމެންނަށް ދިން އަގުހުރި އެހީތެރިކަމަށް ވެސް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. 'ޗާޖްޑް' އާއި 'ބެނެލީ' މި ދެ ބްރޭންޑް އެކުގައި ފެނިގެން ދިއުމަކީ ޗާޖްޑް ރާއްޖެއަށް ތައާރަފްކުރުން 'ސުޕަޗާޖު'ކޮށްދޭ ކަމެއް،" މިލިންދު ވިދާޅުވި އެވެ.

ސަތޭކަ އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން ބޭނުންކުރުމަށް ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޗާޖްޑް ލިބެން ހުންނާނީ 100 އިންސައްތަ ރިސައިކަލް ކުރެވޭ، 250 އެމްއެލްގެ އެލުމިނިއަމް ދަޅުގަ އެވެ. މި ބުއިން މިހާރު ރާއްޖޭގެ ބޮޑެތި ސުޕަމާޓުތަކުންނާއި އާންމު ފިހާރަތަކުންނާއި ހޮޓާ ރެސްޓޯރެންޓްތަކާއި ކެފޭތަކުން ލިބެން އެބަހުއްޓެވެ.