ވޯލްޑްކަޕު މެޗެއް ބަލާލަން ދިއުމަށް، ދިވެހިންނަށް ކޮކާލޯއިން ހުޅުވާލި ފުރުސަތުގައި ހޮވުނު 30 މީހުންގެ ތެރެއިން ފުރުތަމަ ބެޗް ރަޝިއާއަށް ދާން ފުރައިފި އެވެ.
މިއަދު ރަޝިއާއަށް ދާން ފުރި ދިވެހި ފުރަތަމަ ބެޗުގައި ހިމެނެނީ 10 މީހުންނެވެ. ކޯކޯލާ މަތިގަނޑު އެތެރޭގައިވާ ނަންބަރު އެސްއެމްއެސް ކޮށްގެން، ވޯލްޑްކަޕު މެޗެއް ބަލާލަށް ދިއުމުގެ ފުރުސަތު ކޮކާލޯއިން ދީފައި ވަނީ 30 މީހުންނަށެވެ.
ދިވެހި ބެޗް ދާނީ ރަޝިއާގެ ވެރިރަށް މޮސްކޯއަށެވެ. މޮސްކޯގެ އެންމެ މަޝްހޫރު ކުލަބު ސްޕާޓަކް މޮސްކޯގެ އޮކްރިޓީއީ އެރީނާގައި، މި އަންނަ ހޮނިހިރު ދުވަހު، ގުރޫޕް ޖީ ގައި ބެލްޖިއަމް އާއި ޓިޔުނީޝިއާ ބައްދަލު ކުރާ މެޗު ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.
ކޮކާލޯއިން ބުނީ، ރާއްޖޭގެ ބެޗަށް ވޯލްޑްކަޕު ބަލާލަން ފުރުސަތު ލިބޭނީ މެޗު ބަލާލަން ފަސޭހަ ވިއު އަކުން ކަމަށެވެ.
ކޮކާކޯލާގެ ދެ ވަނަ ބެޗު މިމަހު 30 ވަނަ ދުވަހު ރާއްޖެއިން ފުރާނެ އެވެ. އެ ބެޗުގައި ހިމެނޭނީ 20 މީހުންނެވެ. އެ ބެޗަށް ފުރުސަތު ލިބޭނީ ދެ ވަނަ ބުރުގެ މެޗެއް ބަލާލުމުގެ ފުރުސަތެވެ.
ކޮކޯލާއިން ވޯލްޑްކަޕަށް ފޮނުވާ 30 ދިވެހިންގެ ދަތުރުގެ ހަރަދާއި ހުރުމާއި ކެއުމުގެ ހަރަދުތައް ބަލަހައްޓާނީ އެ ކުންފުނިންނެވެ. މި ދަތުރުގައި މޮސްކޯގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް އެ ކުންފުނިން ދޭނެ އެވެ.