ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާޗު މަހު ކޮވިޑް ޖެހުނީ 4،225 މީހަކަށް

Apr 18, 2022

މިދިޔަ މަހު 4،225 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓްކެޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ވަނީ މާޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް ޖެހުނު މީހުންގެ ތަފާސް ހިސާބްތައް އާންމު ކޮށްފައެވެ. މި މުއްދަތުގައި 4،225 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 3،375 މީހުންނަކީ އަތޮޅުތަކުން ބަލި ޖެހުނު މީހުންނެވެ.

މި މުއްދަތުގައި މާލެ ސަރަހައްދުން ބަލި ޖެހިފައިވަނީ 394 މީހަކަށެވެ. ކޮވިޑް ބަލީގައި މިދިޔަ މަހު އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވީ 298 މީހެކެވެ. ރާއްޖެއިން މިހާތަނަށް 178،883 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ ކޮވިޑާއި ގުޅިގެން އެޅި ހަރުކަށި ހުރިހާ ފިޔަވަޅެއް ވަނީ އުވާލާފައެވެ. ދެ އަހަރަށް ފަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި މާސްކު އެޅުން މަޖުބޫރު ކުރި ކުރުމާއި ވެކްސިން ނުޖަހާ މީހުންނަށް އެޅި ފިޔަވަޅުތައްވެސް ވަނީ ދޫކޮށްލާފައެވެ.