އެމްޓީސީސީ

ދަރަނބޫދޫ ބަނދަރު ނިންމައިފި

Apr 19, 2022

ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އިން ނިންމާލައިފި އެވެ.

ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 40.4 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫއުގެ ދަށުން ދަރަނބޫދޫ ބަނދަރު ފުންކޮށް، ބޭރުތޮށި ލުމާއި، އެއްގަމުތޮށި ލުމާއި، 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ގްރޮއިން ޖަހައި އަދި 2641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމެންޓް ވަނީ ހަދައިފަ އެވެ.

އަދި ރޭމްޕަލާއި، ބްރިޖަކާއި ބަނދަރު ބައްތި ވެސް ވަނީ ހަރުކޮށްފަ އެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމާފައިވާ ކަމަށް އެންޓީސީސީ އިން ބުނެ އެވެ.