ފ. ދަނރަބޫދޫ ބަނދަރުގެ 32 އިންސައްތަ މަސައްކަތް ނިންމައިފި އެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫގެ ދަށުން އެރަށުގައި އެއްގަމު ތޮށި ލުމަށް ބޭނުންވާ ސާމާނު އެތެރެ ކުރުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާ ކަމަށެވެ.
ދަނރަބޫދޫ ބަނދަރު މަޝްރޫގެ ދަށުން 46،600 ކިއުބިކު މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 399 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 150 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 2،500 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމެންޓު ހެދުމުގެ އިތުރުނަ ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.