ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދަރަނބޫދޫ ބަނދަރު ހުޅުވައި ދެއްވައިފި

ފ. ދަރަނބޫދޫގައި ތަރައްގީކުރި ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހުޅުވައިދެއްވައިފި އެވެ.

މި ބަނދަރު ހުޅުވައި ދެއްވީ ރައީސް ސޯލިހް ފ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގަ އެވެ.

ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދިޔައީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން ދަރަނބޫދޫ ބަނދަރު ފުންކޮށް ބޭރުތޮށިލުމާއި އެއްގަމުތޮށިލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ. މީގެ އިތުރުން 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ގްރޮއިން ޖެހުމާއި 2،641 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމެންޓް ހަދާފައިވެ އެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވީ މިއަދު އެވެ.