ހިޔާ މަޝްރޫއު

ހިޔާ އަވަށުގެ އުނގުވިޔަފާރިވެރިން ކަންބޮޑުވެފައި!

ފޭސް ޓޫ ހިޔާފްލެޓްތައް
100%
0%
0%

ހުޅުމާލޭގެ ހިޔާ އަވަށަށް ދިރިއުޅުން ބަދަލުކޮށް ގިނަ އާއިލާ ތަކެއް މިހާރު ވެސް ވަނީ ހިޔާ ފްލެޓްތަކުގައި އާބާދުވެފަ އެވެ. ހިޔާ އަވަށުގައި ވެސް އަދި ވަސީލަތްތަ މަދެވެ. ހިޔާ ފްލެޓްތަކުގައި ވެސް ވަސީލަތްތައް މަދެވެ. ފްލެޓް ލިބިގެން ދިރިއުޅުން ބަދަލުކުރި މީހުނަކީ ބޮޑު ކުލީގައި މާލޭގައި އުޅެން ދަތިވެފައި ތިބި މީހުނެވެ. ލިބޭ އާމްދަނީއާ އަޅާބަލާއިރު މިހާރު ފްލެޓްތަކުގެ އަގަށް ކަނޑައަޅައިފައިވާ އަގަކީ އެކަށީގެންވާ އަގެއްގެ ގޮތުގައި ހިޔާ އަވަށުގެ ވަޒަންވެރިވި އާއިލަތަކެއް ނުދެކެ އެވެ.

ހުޅުމާލޭ ހިޔާ އަވަށުގެ އެކި ހިސާބުތަކުގައި މިހާރުވެސް ގިނަ އަދަދެއްގެ އުނގުވިޔަފާރިވެރިން އެމީހުން އަމިއްލަތަކެތީގަ އާދާއިގެ ގޮތަކަށް މަގުމަތީ ސަރަހައްދުތަކުގަ ޓެންޓު ޖަހައިގެން ވިޔަފާރިއެއް ކުރެވޭތޯ އުޅެ އެވެ. އެމީހުން ވިޔަފާރި ފެށީ އެ އަވަށަށް ބަދަލުވި އިރު އެފަދަ އެއްވެސް ހިދުމަތެއް / ވަސީލަތެއް ވެސް ނެތުމުން އާންމު ހިދުމަތެއް ދިނުމުނެ ގޮތުންނެވެ. އަދި އިތުރު އާމްދަނީއެއް ހޯދުމުގެ ބޭނުމުގަ އެވެ.

ޓެންޓްތަކުން ލިބެން ހުންނަ ޙިދުމަތްތަކަށް ބޮޑު ތަރުހީބެއް އޮވެ އެވެ. ސަރުކާރުން އެމީހުންނަށް ދާއިމީ ގޮތެއްގައި މަގުމަތީ ވިޔަފާރި ކުރެވޭނެ ގޮތެއް ހޯދައިދޭތޯ ވަރަށް ގިނަ ފަހަރުމަތިން އެދިފައި ވެސް ވެއެވެ.

ހިތާފްލެޓްތަކުގައި ވަސީލަތްތައް މަދު

ހިޔާ އަވަށުގައި ކުރިން ވިއްކަމުން ގެންދިޔަ ހެދިކާގެ ބާވަތްތައް ރޯދަމާހާއި ދިމާކޮށް މަދުކޮށްލުމަށް ފަހު ގިނަ ޓެންޓު ތަކުން މިހާރު ފެންނަނި ފަނި ގިރަން ބެނުންކުރާ ބާވަތްތަކާއި ތަކުކާރީ އަދި މޭވާގެ ގިނަ ބާވަތްތަކެވެ. ޓެންޓް ތަކުގައި ކޮފީގެ އިތުރުން އެކި ވައްތަރުގެ ސަޔާއި އެހެން ބުއިންތައް ލިބެން ހުރެއެވެ. ހެޔޮ އަގުތަކެއްގައި ރޭގަނޑު ފްރައިޑް ރައިސް އަދި ނޫޑުލް ވެސް ލިބެން ހުރެ އެވެ.

އެޗްޑީސީން އަންގައިގެން ބައެއް ޓެންޓް ތަކުން ދޭ ހިދުމަތް މެދުކަނޑާ ލުމަށް ފަހު މިހާރު އަނެއްކާ ވެސް ޓެންޓްތަކުން ހިދުމަތް ދެ އެވެ. އެކަމަކު ވިޔަފާރިވެރިން ބުނާ ގޮތުގައި ކޮންމެ ވަގުތެއްގައި ވެސް އެ މީހުންގެ ވިޔަފާރިއަށް ނިމުން އަތުވެދާނެ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސައި

ހިޔާފުލެޓުގަ ދިރިއުޅޭ މީހުންނަކީ ސަރުކާރަށްވުރެ މާމަތިވެރިބައެއް އެމީހުން ބޭނުންވީމާ ކުލިދައްކާފަ ބޭނުން ވީމާ ކުލިނުދައްކާފައުޅޭބައެއް ބަލަ ފޭސް 1 އެކަކަށްމީހުންއައި އިރުވެސް ވަސީލަތް ތަކެއްނެތް މާލެދަނީ ކަނޑުހުރަސްކޮއްފަ މިހާރުވެސް ބަލިމީހުން އަރުވަންޖެހެނީ ސިޑިން ކުލިކުޑައެއްނޫން އެހެންވީމާ ފުލެޓުތަކުގަދިރިއުޅޭމީހުންނަށް ޖެހޭނީ ހަމަހަމައުސޫލެއް ގެންގުޅެން

ހާލުފޮޅި ފޮޅި

ކޮންފަދަ ހިޔާ އަވަށެއްތަ... ހިތް ނުފުރޭ މީހުންގެ އަވަށޭ ކިޔާބަލަ . .

ގައުމު ގޮވާ އަޑު

ނުގަވައިދުން އުޅޭ މީހުންނަށް އޮތް ޔަގީން ކަމަކީ ޖީއެސްޓީ ދައްކައިގެން ވިޔަފާރި ކިރަން ތިބި މީހުން އެކަން އެގޮތަށް ކުރުމުގެ ބޭނުމެއް ނެތްކަން ރަޖިސްަތރީ ނުކޮށް ލޯ ލާރިެއް ސަރުކާރަށް ނުދީ ވިޔަފާރި އެބަކިރެވޭ

ށަލީ

ލޮލް. ހުއްޓުވަން ޖެހޭ ކަމެއްތީ. ހުއްދަނަގައިގެން ތަރުތީބަކުން ކަންތައް ކުރަންޖެހޭނީ

ޙާމް

ގަބޫލުކުރާކަމެއް ނޫން. ޢެތާގަ ވިޔަފާރި ކުރަނީ މާލެއާއި ހުޅުމާލޭގެ ފިހާރަތަކުގެ މީހުން. ޢެއްޗެއް ގަނެފަ ފައިސާ ޓްރާންސްފާ ކުރަން ޓެންޓުން ދޭ އެކައުންޓު ނަމްބަރަށް މާކުރިން ހައެއްކަ ފަހަރު ޓުރާންސްފާ ކުރެވިފަ އޮވޭ. ސްލިޕް ވައިބާ ކުރާނަމްބަރަށް 10 ވަރަކަށް ސުލިޕް ފޮނުވިފަ އޮވޭ. ޙަމަ މާލޭގެ ދަންނަ ފިހަރަ އެއްގެ ކަނޑައެއްވެސް މިތާހުރޭ. ޢެތަންތަން ހަމަ ނަގަންވީ. އެހާ މުޑުދާރު ކޮފީ އެއްޗެހި ހަދާގިތްވެސް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910