ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ފްލައިޓު އޮޕަރޭޓް ކުރި އަދަދު 74 ޕަސެންޓް އިތުރުވެއްޖެ

Apr 20, 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މި އަހަރުގެ ފުރަތަމަ ތިން މަހު ފްލައިޓް އޮޕަރޭޓް ކުރި އަދަދު 43 ޕަސެންޓް އިތުރުވެއްޖެ އެވެ.

ވީއައިއޭ މެނޭޖުކޮށް ބަހައްޓާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރު- ތިން މަސްދުވަހުގެ ތެރޭގައި ވީއައިއޭ އަށް 15،860 ފްލައިޓް އޮޕަރޭޓްކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި އޮޕަރޭޓްކޮށްފައި ވަނީ 11،000 ފްލައިޓެވެ. ފްލައިޓުގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ވަނީ 43 ޕަސެންޓް އިތުރުވެފަ އެވެ.

އޮޕަރޭޓްކުރި ފްލައިޓް

  • ބޭރުގެ އުދުހުންތައް - 8،246 ފްލައިޓް
  • އެތެރޭގެ އުދުހުންތައް - 7،614 ފްލައިޓް

އެމްއޭސީއެލް އިން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު 1.36 މިލިއަން މީހުން ވަނީ ވީއައިއޭއިން ހިދުމަތް ދީފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހިދުމަތް ހޯދާފައިވަނީ 774،000 މީހުންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ދިޔަ އިތުރަށް 585،595 މީހުން ވަނީ ހިދުމަތް ހޯދާފަ އެވެ.

މި ހިސާބު ތަކަށް ބަލާއިރު އެންމެ ގިނަ ފްލައިޓް އޮޕަރޭޓްކޮށް މޫވްމެންޓް ހަދާފައިވަނީ ޓޫރިޒަމްގެ މައި ސީޒަންއާ ދިމާކޮށް ޖެނުއަރީ މަހު އެވެ. އެ މަހު 5،690 ފްލައިޓް އޮޕަރޭޓް ކުރި އެވެ. 447،702 މީހަކު ވަނީ ހިދުމަތް ހޯދާފަ އެވެ.