އުރީދޫ

އުރީދޫން ސްނެފްޗެޓާ ގުޅި ރާއްޖެއަށް އިސްތިހާއާއި ޕްރިޕެއިޑަށް ޑޭޓާ

Apr 20, 2022

އުރީދޫ މޯލްޑިވްސް އިން ސްނެޕްޗެޓާ ގުޅިގެން ރާއްޖެއަށް ހާއްސަ އޭއާރު ފިޓްނަރު ފްރޭމްއަކާއި ޕްރިޕެއިޑަށް ހިލޭ ޑޭޓާ ދޭނެކަން އިއުލާނުކޮށްފި އެވެ.

އުރީދޫން ވަނީ ރާއްޖޭގެ ކަސްޓަމަރުންނަށް ތަފާތު ޑިޖިޓަލް ތަޖުރިބާތައް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެގޮތުން، އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ޓެކްނޮލޮޖީ އަށް އަހުލުވެރިކުރުމުގެ މަގްސަދުގައި ދުނިޔޭގެ މަޝްހޫރު ކެމެރާ ކުންފުންޏެއް ކަމަށްވާ ސްނެޕްޗެޓްއާއެކު ޕާޓްނާޝިޕެއް ހަދާފަ އެވެ.

މި ގުޅުމުގެ ދަށުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ސަގާފަތް ދުނިޔޭގެ ކަސްޓަމަރުންނަށް އިޝްތިހާރު ކުރުމަށް ސްނެޕްޗެޓް ލެންސް އަދި ރާއްޖެއަށް ހާއްސަ ޖިއޯފިލްޓައެއް ވަނީ ތައާރަފްކޮށްފަ އެވެ. އުރީދޫ އިން ވަނީ ފިލްޓަ އަދި ލެންސް ލޯންޗްކޮށްފައިވަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް އުރީދޫއިން ހިންގާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ވެސް ގުޅުވައިގެންނެވެ.

ސްނެޕްޗެޓްއަކީ އާއިލާ އާއި ރައްޓެހިންނާ ޑިޖިޓަލްކޮށް ގުޅުން ބަދަހިކޮށްލުމަށް މަޖާ ޕްލެޓްފޯމެކެވެ. އޭއާރް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ މަޖާ އަދި ހިތްގައިމް ފިލްޓަރ އަދި ފްރޭމްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މަގުބޫލު އެއްޗެކެވެ. އެހެންކަމުން ސްނެޕްޗެޓްގެ މަޖާ އާއި ބޭނުންތެރިކަން ތަޖުރިބާކޮށްލުމަށް، އުރީދޫން ވަނީ ކޮންމެ ދުވަހަކަށް، ހަފްތާއަކަށް، އަދި މުޅި މަހަށް ހާއްސަ ސްނެޕްޗެޓް ޑޭޓާ ޕެކްތަކެއްވެސް ތަޢާރަފްކޮށްފަ އެވެ. މީގެ އިތުރުން އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް 2 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭ 3 މަސް ދުވަހުގެ ޕްރޮމޯޝަންއެއް ވެސް ވަނީ ތަޢާރަފްކޮށްފަ އެވެ.

ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް *929*1# އަށް ގުޅައިގެން ނުވަތަ "އެސްއެންޕީއެފް" ޖައްސަވާފަ 5555 އަށް އެސްއެމްއެސް އެއް ފޮނުވާލުމުން އެކްޓިވޭޓްވެގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު ހަސަން އަލް-ހަމާދީ މި ޕާޓްނަރޝިޕްގެ މަގްސަދަކީ ކަސްޓަމަރުންނަށް އީޖާދީ ތަޖުރިބާތައް ހޯދައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ރައްޔިތުންނާއި ވިޔަފާރިތަށް އޭއާރް ޓެކްނޮލޮޖީ އަށް އަހުލުވެރި ކުރުވާ، މި ޓެކްނޮލޮޖީގެ ފުރިހަމަ މަންފާހޯދުމަށް ހިތްވަރު ދިނުން ކަމަށެވެ.

"ސްނެޕްޗެޓްގެ ކުރިއަރާފައިވާ ޕްލެޓްފޯމް އަދި ޓޫލްސްތައް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް އަޅުގަނޑުމެން މިއަދު މި އިފްތިތާހު ކުރި އައު އޭއާރް ލެންސާއި ޖިއޯފިލްޓަރ ފަދަ ގޮތްގޮތުން އަޅުގަނޑުމެންގެ ރީތި ޤައުމު ދުނިޔޭގެ މުޖުތަމަޢުތަކަށް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރެވޭނެ،" ހާލިދު ވިދާޅުވި އެވެ.

ސްނެޕްޗެޓްގެ ގްލޯބަލް ކެރިއަ ޕާޓްނަރޝިޕްސް މެނޭޖަރު ބަޝީރުލް ބޯމެޑައިން ވިދާޅުވީ އެޕް ގެ ހާއްސަކަމަކީ އޭއާރް އަދި ކެމެރާ އާއި މި ޓެކްނޮލޮޖީ ގެ ސަބަބުން ދިރިއުޅުން ކުރިއެރުވުމަށާއި، ދަސްކުރުމާއި، އެކްސްޕްލޯކުރުމާއި، ވިޔަފާރި ކުރުމާއި އާޓް ކުރިއަރައިގެން ދިއުން ކަމަށެވެ.

އޭއާރް ބޭނުންކުރާ މިންވަރު މުޅި ދުނިޔޭގައި ވެސް އިތުރުވަމުން ދާއިރު، ސްނެޕްޗެޓް ގެ ޑޭޓާއަށް ބަލާއިން 6 ބިލިއަނަށް ވުރެ ގިނަ އޭއާރް ލެންސް ބޭނުން ކުރާ ސެންޕްޗެޓަރުން އެބަ ތިއްބެވެ. އަދި ދުވާލަކު 200 މިލިއަނަށް ވުރެ ގިނަ މީހުން އޭއާރް އާ އެކު މުއާމަލާތް ކުރެއެވެ.