އާސަންދަ

ކޮވިޑާއެކު ދިން އާސަންދަ ލުއިތައް އުވާލައިފި

ކޮވިޑް-19 އާ ގުޅިގެން އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ދިނުމުގައި ދީފައިވާ ލުއިތައް އުވާލައިފި އެވެ.

އާސަންދަ ކޮމްޕެނީ އިން މިއަދު ބުނީ ކޮވިޑް-19 އާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލައު އުވާލުމާއި ގުޅިގެން އާސަންދަ ސްކީމްގެ ހިދުމަތް ހޯދުމުގައި އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުުރުމުގެ އެ ހާލަތުގައި ދީފައިވާ ލުއިތައް އުވާލާ ކުރީން އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ފޯރު ކޮށް ދެމުން ގެންދިޔަ ގޮތަށް ހިދުމަތްތައް ބަދަލު ކޮށްފައިވާ ކަމަށެވެ.

އެ ގޮތުން އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ފޯރުކޮށް ދޭނީ ހަމައެކަނި "ވިނަވި" ޕޯޓަލް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނެވެ. އަދި އޮންލައިން ކޮންސަލްޓޭޝަންގެ ތެރެއިން ބަލިމީހާއަށް އިތުުރު އެއްވެސް ހިދުމަތެއް ނަގަން ރިކްއެސްޓް ކުރާނަމަ އެ ރިކްއެސްޓެއް "ވިނަވި" ޕޯޓަލް އިން ކުރަން ޖެހޭނެ ކަމަށެވެ. އެ ޕޯޓަލް އިން ރިކްއެސްޓް ނުކުރާނަމަ ހިދުމަތެއް ނުދޭނެ އެވެ.

މީގެ އިތުރުން ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންވެސް ކުރީން ހިދުމަތް ފޯރުކޮށް ދިން ގޮތަށް ކޮންމެ ބޭސްސިޓީއަކަށްވެސް ބޭސް ދޫކުރާނީ އެއް ފަހަރު އަދި އަލުން ބޭސް ނަގަން ޖެހޭނަމަ އައު ބޭސް ސިޓީއެއް ހޯދަން ޖެހޭނެ ކަމަށެވެ.

އާސަންދަ ސްކީމުންގެ ދަށުން ކަވަރޭޖް ދެވޭނީ އައިޑީކާޑު/ޕާސްޕޯޓް ކާޑުގެ އަސްލު ނުވަތަ ސޭފްޓީ ކޮޕީ ހުށައެޅުން ކަމަށާ ސްކީމްގެ ތެރެއިން ބޭސް ދޫކުރާނީ ހަމައެކަނި އީ-ޕްރިސްކްރިޕްޝަންއަށް އެކަނި ކަމަށެވެ.