އެމްއެންޑީއެފް

ސިފައިންގެ އަހަރީ ދުވަހުގެ ދިދަ ނަގައިފި

Apr 21, 2022

ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

ކަޅުތުއްކަލާކޮށީގެ ފެހިމައިދާނުގައި މިއަދު ހެނދުނު 6:00 އިރު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ. މި ރަސްމިއްޔާތުގައި ދިދަ ޕޯސްޓަށް ގައުމީ ދިދައާއި ސިފައިންގެ ދިދަ ނަގާފައިވެ އެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވަނީ ކުރިއަށް އޮތް އަހަރު ސިފައިން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޝިއާރު އިއުލާނު ކޮށްދެއްވާފަ އެވެ. ޝިރަކީ "ޤައުމުގެ އަމާންކަން – ސިފައިންގެ އަމާޒު" އެވެ.

ރާއްޖޭގައި އެންމެ ދުވަސްވީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ސިފައިންގެ ހިދުމަތް ފަށާފައިވަނީ އޭޕްރީލް 21، 1892 ގައެވެ.