ބްރޮކޮލީއަކީ ކެއުމުގައި އެކި ގޮތްގޮތަށް ބޭނުން ކުރާ ވަރަށް ފައިދާ ބޮޑު ކާނާއެކެވެ. ރިހަކައްކާއިރު ވެސް ބޭނުން ކުރަން ރަނގަޅު ތަރުކާތީގެ ބަވަތެކެވެ. ތުއްތު ކުދިންނަށް ކަންދޭން ފަށާއިއިރު ގަވައިދުން ބްރޮކޮލީ ފެނުކައްކައިގެން ދެއެވެ. ބައެއް ކުދިންނަށް ބްރޮކޮލީ މީރުވަނީ ކުކުޅުކޮޅަކާއެކު ދިނުމުންނެވެ.
ބްރޮކޮލީގެ ނަސްލު ފެށިގެން އައިސްފަވަނީ ކެބެޖްގެ އާއިލާއިންނެވެ. ކެބެޖްގައިވެސް ދަނބު ކުލަ ހުންނަ ފަދައިން ބޮރޮކޮލީގައިވެސް ދަނބުކުލަ ހުރެއެވެ.
މި ތަރުކާރީގެ ފައިދާތަކުގެ ތެރޭގައި ހަޖަމް ކުރުމުގެ ނިޒާމަށް ޖެހޭބަލިތަކުން ދުރު ކޮށްދެ އެވެ. ބަރުދަން ލުއި ކޮށްދިނުމުގެ އިތުރުން ބްރޮކޮލީގައި ދަގަނޑުގެ ބައިވެސް ހިމެނެއެވެ. އަދި ހަރުރު ބަލި މިހުން ކޮންމެ ދުވަހަކު މި ތަރުކަރީ ބޭނުން ކުރުމުން ހަރުކު އެއްވަރެއްގައި ހިފަހައްޓަ ދިނުމަށް އެހީއަކަށް ވެއެވެ. ކެންސަރު ބަލި މީހުުންނަށް މީގައި ސިފާއެއް ވާކަން ސައިންސްވެރިންގެ ހޯދުންތަކުން ވަނީ ހާމަވެފަ އެވެ.
ބްރޮކޮލީގައި ތިން ވައްތަރުގެ އޮމެގާ ފެޓީ އެސިޑްސް ހުންނާތީ އެލާޖީ ތަކުގައި މި ކެއުމުން ފަސޭހަ ވެއެވެ. ބްރޮކޮލިގައި ވިޓަމިން ސީ ހިމެނުމުގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެ އެވެ. މީގެ އިތުރުން މީގައިވާ ފްލެވަނޮއިޑްސްގެ ސަބަބުން ވިޓަމިންސް ގެ ބައިތައް ހަށިގަނޑުގައި ރީސައިކަލް ކޮށް ދެއެވެ.