ނޭތޯ ކަހަލަ އަސްކަރީ އެއްބާރުލުން ތަކަކީ ދުނިޔެއަށް އޮތް ބޮޑު ނުރައްލެއް ކަމަށް އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ނޭޓޯގެ ސަބަބުން ގައުމުތަކުގެ މެދުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާ ކަމަށާއި އެއީ ރޫލާޅަން ޖެހިފައި އޮތް ޖަމާތެއް ކަމަށެވެ.
ޖެރެމީ ކޯބިން ވިދާޅުވި ގޮތުގައި ދުނިޔެ ސުލްހަކުރެވެން އޮތް މަގަކީ އަދިވެސް އެއްބާރުލުންތައް އުފެއްދުން ކަމަށް ދެކޭ ނަމަ އެއީ ކަމުދާ ވިސްނުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ކަނޑި އާއި ބަޑިން ދުނިޔެއަށް ބިރުދައްކަން ޖަމާއަތްތަށް އުފައިގެން ކަމެއް ރަނގަޅުވާ ނަމަ މިހާރު އޮންނާނީ ރަނގަޅުވެފައި ކަމަށެވެ.
އޭނާ ވިދާޅުވީ އަސްކަރީ ބިންގަލެއްގައި އުފައްދާފައި ހުރި ޖަމާއަތްތައް ރޫޅިގެންދާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ. އަސްކަރީ ވިސްނުމެއްގައި އެއްބާރުލުމެއް އޮތް ނަމަވެސް މިހާރުން މިހާރަށް ރޫޅާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖެރެމީ ވިދާޅުވި ގޮތުގައި ނޭޓޯއާ މެދު ގައުމުތަކުން ދެކޭ ގޮތް ޔުކްރޭން ހަނގުރާމައަށް ފަހު ބަދަލުވާނެ އެވެ. ނޭޓޯއަށް ކުއްލި ބަދަލެއް ހަމަ ކުއްލިއަކަށް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ނޭޓޯ މިހާރު އެތޮއީ ދުވަސް ހަމަވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭނަށް ރަޝިއާ ހަމަލާދޭން ފެށީ ރަޝިއާއާ ކައިރި ނުވުމަށް ނޯޓޯއަށް އިންޒާރުދީފައި ވަނިކޮށްކަން ޖެރެމީ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ރަޝިއާއިން ޔުކްރޭނަށް އަރައިގަތީ ނެޓޯގެ ސަބަބުން ކަމަށް ވިދާޅުވާން ބޭނުންފުޅު ނުވި ނަމަވެސް، ރަޝިއާ އާއި ނޭޓޯއާ ދެމެދު ބޮޑެތި މައްސަލަތައް އެބަ ހުއްޓެވެ.
ރަޝިއާ އާއި ނޭޓޯއާ ދެމެދު ސަލާމަތީ މަޝްވަރާތައް ބޭއްވުނު ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގައި ހިނގާ ހަނގުރާމަތަކަކީ ކޮންމެވެސް ކަމެއް ހައްލު ނުމުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވި އެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭންގައި ހިންގާ ޚާއްސަ އޮޕަރޭޝަނެއް ކަމަށް ބުނެ ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތީ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ.
ރަޝިއާއިން ޔުކްރޭނަށް ދިން ފަނާކުރަނިވި ހަމަލާތަކުގައި މުޅި ޔުކްރޭންގެ ސިފަ ވަނީ ގެއްލުވާލާފަ އެވެ. ޔުކްރޭނަށް ދީފައި ހުރި ގެއްލުންތައް މިއިން ޒަމާނަކު ވެސް މަރާމާތުކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.