ކާނާ

ދޮންކެޔޮ ޕުޑިން

ޕުޑިންގެ އެކި ރެސިޕީތައް ވަރަށް ގިނައިން ފެނެ އެވެ. ރޯދަމަހު ނޫނަސް ގޭގައި ހުކުރު ދުވަހު މެންދުރުގެ ސުފުރާ މަތިން ފެންނަ ފޮނި ކާއެއްޗަކަށް ޕުޑިންވާނެ އެވެ.

ބޭނުންވާނެ ބާވަތްތައް

4 ބޮޑު ދޮންްްްކެޔޮވަށް
2 ބިސް
2 ޖޯޑު ދިޔައި ކިރު
1 ޖޯޑު ހަކުރު
ބައި ޖޯޑެ ފެން

ތައްޔާރު ކުރާނެ ގޮތް

ދޮންކެޔޮ، ކިރު އަދި ބިސް މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލާށެވެ. ހަކުރު ކޮޅު ތަވަޔަށް އަޅާފައި މަޑު ގިނީގައި ބަހައްޓައިން ހަލުވަމުން ކައްކާލާށެވެ. ހަކުރުކޮޅު އެކީ ވިރުމުން ފެން މަދު މަދުން އަޅަމުން ބައިޖޯޑު ފެން އެކީ އަޅައިން ކުޑަކޮށް ކައްކާލުމަށް ފަހު އުުދުން ނިއްވާލާށެވެ. ފެން އެޅުމުން ހަކުރުގަނޑު އެކީ ހަރުނުވެ ހުންނާނެ އެވެ.

ބޭކިންގް ޓްރޭއެއްގެ ތެރެއަށް ހަކުރު ކޮޅު އަޅާލުމަށްފަހު މަޑު ފިއްސެއްކަހަލަ އެއްޗަކުން، ކައްކާއިރު ބޭނުންކުރާ ސިލިކޯން ފިހިން ޓްރޭގެ ވަށައިގެން ހަރުތުތައް ހާކާލަންވަނެ އެވެ. އެއަށްފަހު ކުރިން މުގުރާލާފަ ހުރި ދޮންކެޔޮތައް ޓްރޭގެ ތެރެއަށް އަޅާފައި
ފޮއިލްކަހަލަ އެެއްޗެއް ބޭނުން ކޮށްގެން މަތި ބަންދު ކޮށްލާށެވެ

އިތުރު ބޮޑު ޓްރޭއެއް ނަގާ އޭގެ ތެރެއަށް ކުރިން ތައްޔާރުކޮށްފައި ހުރި ދޮންކެޔޮ ޕުޑިން ޓްރޭ ލާށެވެ. އެއަށްފަހު ބޮޑު ޓްރޭގެ ތެރެއަށް 1 ޖޯޑު ފެން އަޅަލާށެވެ. އަވަން 350 ހޫނުމިނުގައި ގަ ބަހައްޓާފައި 90 މިނެޓް ވަންދެން ފިހެލާށެވެ. ފިހެ ނިމުމުން ހިހޫވަންދެން ޓްރޭ ބެހެެއްޓުމަށް ފަހު ފްރިޖަށްލާ ފިނި ކޮށްލައިގެން ކާށެވެ. ފިނިނުކޮށް ވެސް މީރު ވާނެ އެވެ.