ލައިފްސްޓައިލް

ހުރިހާ އެއްޗެއް ފެންނަނީ މަންމައަށަ!

މަންމާ ބޫޓު ކޮބާތަ؟ މަންމާ ކޯނޗެއްތަ، ކައްކާފަ ހުރީ؟ ވަރަށް ބަނޑުހައި! ކޮންތާކުތަ ގެނގުޅުނު ތަޅުދަނޑި ބޭއްވުނީ މަންމާ! ކޮންމެ ކަމެއް ކުރިއަސް އެއްޗެއް ގެއްލުނަސް އެއްޗެއް ހޯދަން ވިޔަސް އެއްޗެއް ކާން ބޭނުން ވިޔަސް މަންމަގެ ދެ ލޮލޮން ނޫނީ އެއްޗެއް ފެންނަ ކަމަކަށް ބައެއް ފަހަރު ނުވެ އެވެ. ކައްކާފައި ހުންނަ އެއްޗެހި ބަލާ ފާސްކޮށްފައި ވެސް މަންމަގެ އަޑުން ބުނީމަ ނޫނިީ އިނގޭ ކަމަކަށް ނުހަދަ އެވެ.

ގެންގުޅޭ ވޮލެޓް ކުރިމަތީ ބާއްވައިން އެ ހޯދައި މުޅިގެ އެފުށްމިފުށަށް ޖަހަނީ ކުޑަކުދިން ފަދައިންނެވެ. ތަނެއްގައި އެއްޗެއް ރައްކާކުރަން ބާއްވާފައި އެ ނުފެނިގެން ގޮސް މަންމަ ލައްވާ ހޯދައިރު އެއްޗެއް ފެންނަނީ މަންމައަށް އެކަންޏެވެ.

އަމިއްލައަށް ޒިންމާ ނަގައިން ތަންތަނުގަ އެއްޗެތި ގަވައިދުން ތަރުތީބުކޮށް ބަހައްޓާނަމަ އެއެއެއްޗެއް ފެންނާނެ އެވެ. ބަދިގޭގެ މޭޒުމަތީ، ފްރިޖު މަތީ، ކާމޭޒެއްގެ މަތީ ކަހަލަ ތަނަކަށް އެއްލާކަށް ނުޖެހޭނެ އެވެ. ގެއަށް ވަނުމަށް ފަހު އަރަން ގެންގުޅޭ ބޫޓް ފައިވާން ފަދަ ތަކެތި ވެސް ވަންނަ ދޮރު ކައިރީ ބެހެއްޓުމުގެ ބަދަލުގައި ފައިވާން ރެކެއް ކަހަލަ އެއްޗެއްމަތީ ބެހެއްޓުމުން ދެން ނުކުންނަ ފަހަރަކު ހޯދަން ފަސޭހަ ވާނެ އެވެ. އެހެން ނޫނީ ދެ ކިބަ ޖެހޭނީ އެއްކިބަ ސޯފާ ދަށުން އަނެއްކިބަ ދޮންނަމެޝިން ދަށުން ދަމާ ނެރޭށެވެ.

އޮފީހަށް ދާއިރު އަޅާ ޓައިއަށް ވިސްނާލާށެވެ. ގެއަށް ވަންނަ ގޮތަށް އެ ނަގަ އެއްލާލަނީ ސޯފާ މައްޗަށެވެ. ދެން އަޅަން ބަލާއިރު މަންމަ އޮންނީ ހުންނަނީ ޓައި ދޮވެލާފަ އެވެ.

ބޭރުގަ އުޅެފައި އައިސް މިވެނި އެެއްޗެއް އެވެނި އެެއްޗެއް ކޮބާތޯ މަންމަގެ ގާތުގައި އެހުން ހުއްޓާލާށެވެ. ގޭތެރޭ ކުރަން އެތައް ކަމެއް ފުނިޖެހިފަ ހުންނައިރު، ކުރަންހުންނަ ކަންތައް ހުޢްޓާލައިފައި ދިއުން އުނދަގޫ ވާނެ އެވެ.

ކިޔަވާ ނިމި މީހުންނާއި އިނދެ ދަރިންލިބޭ ހިސާބުން، މަންމަގެ ލޮލުން އެއްޗެތި ހޯދުން ނުހުއްޓާ އަންހެންކުދިންނަށް ވުރެ ފިރިހެންކުދިން ގިނަ އެވެ.