އަހުމަދު މޫސާ މުހައްމަދު

އަންމަޓީ މައްސަލަ އާދިއްތަ ދުވަހު ނިންމަނީ

Apr 22, 2022

މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލައިގައި ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ގޮތެއް ނިންމުމަށް ތާވަލްކޮށްފި އެވެ

ހިޔާނާތުގެ ކުށުގައި ދައުލަތުން 42 ދައުވާ އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު އަންމަޓީ ދޫކޮށްލީ މިދިޔަ މަހު އެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ. ހައިކޯޓުން އެގޮތަށް ނިންމީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރަން އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ނަމަވެސް ހައިކޯޓުން ވަގުތު ގުނީ ގޯސްކަމަށް ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ހައިކޯޓުގެ ނިންމުން ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހެޅުމުން ނިމުނު ހަފްތާގައި ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފަ އެވެ. އަދި މިހާރު ވަނީ އާދިއްތަ ދުވަހު މައްސަލައިގައި ގޮތެއް ނިންމަން ތާވަލްކޮށްފަ އެވެ.

އަންމަޓީއާ ގުޅޭ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތަކަށް މައްސަލަ ނިންމަންދެން ދައުލަތުގެ އެއްވެސް ވެރިއަކު އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ނުދެއްކުމަށްވެސް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވެ އެވެ.

އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.