ކާނާ

މީރުވާނެ ކުކުޅެއްގެ ރެސިޕީ

މީރުކޮށް ކެއްކުމުން އެހެން މީހުންގެ ފަރާތުން ތައުރީފުގެ ބަސްތައް ލިބޭ ފަހަރު ގިނައެވެ. މޮޅު ކައްކާއިންނަކީ އަބަދުވެސް އެކި ބަބާވަތްތައް އިތުރު ކޮށްގެން ރަހަތަފާތު ކޮށްލަން ބޭނުންވާ ވެސް ބައެކެވެ. ހާއްސަކޮށް ހޮޓާ ރަހަތައް ގޭގައި ކައްކާ އެއްޗެތީގައި ގެނެވޭތޯ ގޭގައި ކައްކާ އަންހެންވެރިން މަސައްކަތް ކުރެއެވެ.

ބޭނުންވާނެ ބަވަތްތައް

  • 1.2 ކިލޯގެ ކުކުޅު
  • 5 ލޮނުމެދު
  • 2 ތެޅި މިރުސް
  • 1 އިންޗިހުންނަހާ އިނގުރުކޮޅެއް
  • ބައި ޖޯޑު ހުނި
  • 1/2 1 ގަރަމް މަސާލާ
  • 1/2 1 މުގުރި ލޮނުމިރުސް
  • 12 ކެޝޫނަޓްސް
  • 10 އެލްމަންޑް
  • 3 މޭޒުމަތީ ސަމްސާ ޕްލޭން ޔޯގަޓް
  • 1/22 1 ކޮރިއެންޑާ ފަތް
  • 3/4 ޖޯޑު ފިޔާ
  • 3 މެޒުމަތީ ސަމްސާ ތެޔޮ
  • ކުޑަ ރީނދޫކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ލޮނުމެދާއި އިނގުރު އަދި ތޮޅިމިރުސް ކުޑަ ފެންފޮދެއް އަޅައިން ޗިސްކޮށް މުގުރާލަށެވެ. ދެން ކުކުޅުކޮޅައި އެއްކޮށްލަށެވެ. ކެޝޫނަޓްސް އާއި އެލްމަންޑް އަދި ކާށި އެއްކޮށްލުމަށް ފަހު ޕޭސްޓްއަށް ބަދަލުވަން ދެން މުގުރާލާށެވެ. މުގުރި ތަކެތި ކުކުޅުކޮޅައި އަނެއްކާވެސް އެެއްކޮށްލާށެވެ. އެއަށްފަހު މިންޓް ފަތާއި މުގުރި މިރުހާއި ކުޑަ ރީނދޫކޮޅާއި ގަރަމް މަސާލަ ކުކުޅުކޮޅާއި އެއްކޮށްލައި ލޮނާއި ޔޯގަޓް ވެސް ކުކުޅުކޮޅާއި އެއްކޮށްލާށެވެ. ދެން ފިޔާ ކުކުޅުކޮޅު ރެތެއަށް އެއްކޮށްލުމަށްފަހު 15 މިނެޓްވަންދެން މަތިޖަހާފައި ބަހައްޓާށެވެ. މިގޮތަށް ހެދުމުން އެއްކުރި ހުރިހާ ބަވަރެއްގެ ރަހަ ކުކުޅުކޮޅުތެރެއަށް ވަންނާނެ އެވެ.

އުދުން މައަޗައް ތަތްނުލަވާ ތެއްޔެއް އުދުމަށް ފަހު ތެޔޮއަޅާފައި ކުކުޅުކޮޅު ރަނގަޅައް އެއްކޮށްލާށެވެ. ދެން 15 މިނެޓް ވަންދެން މެދުގިނީގައި ކައްކާލާށެވެ. ކައްކަން ވާނީ މަތިޖަހައިގެނެވެ. އަނެއްކާވެސް މަތި ނަގާ ކުކުޅުކޮޅު ރީތިކޮށް އެއްކުރުމަށް ފަހު 15 މިނެޓް ވަންދެން މަޑު ގިނީގައި ކައްކާލަށެވެ. ފުލުގަ ހިފާގޮތް ވާނަމަ ކުޑަ ފެންފޮދެއް އަޅަންވާނެ އެވެ. އޭގެ ފަހުން އަނެއްކާ ވެސް ފަސް މިނެޓް ވަންދެން މެދުގިނީގައި ކައްކާށެވެ.

މިގޮތަށް ކުކުޅު ހެދުމުން ވަރަށް މީރުވާނެ އެވެ. ބަތް ނޫނީ ރޮއްޓާއެކު، ނާން އަދި ފަރާޓާޔާއެކު ވެސް ކެވިދާނެ އެވެ.