ބޮލީވުޑް

ޓައިގާގެ "ވިސްލް ބަޖާ 2.0" ދިޝާއަށް ކަމުގޮސްފި

ދިޝާ ޕަޓްނީގެ ލޯބިވެރިޔާ ޓައިގާ ޝްރޮފްގެ އާ ފިލްމު "ހީރޯޕަންތީ 2"ގެ އާ ޑާންސް ވީޑިއޯ "ވިސްލް ބަޖާ 2.0" ބަލާފައި ވަރަށް މުހިއްމު ސުވާލެއް އޭނާ ޓައިގާ އާ ކޮށްފި އެވެ.

"ވިސްލް ބަޖާ 2.0" ގައި ޓައިގާ އާއި ކްރިތީ ސެނޯންގެ ވަރަށް ފުރިހަމަ ނެށުމެއް ދައްކާލާފައި ވެއެވެ. އިންސްޓަގްރާމްގައި މި ލަވަ ޝެއާ ކުރަމުން ޓައިގާ ކައިރީ ދިޝާ އެހީ "ތިހާ ފާސްޓްކޮށް ހަރަކާތް ކުރަނީ ކިހިނެއް ހެއްޔޭ" އެވެ. ޖަވާބުގައި ހަމަ މި ޕޯސްޓް އަލުން ޝެއާ ކުރަމުން ޓައިގާ ވަނީ ދިޝާއަށް ޝުކުރު އަދާ ކޮށްފަ އެވެ.

"ވިސްލް ބަޖާ 2.0"



މިކާ ސިންގް އާއި ނީތީ މޯހަން ކިޔައިދީފައިވާ "ވިސްލް ބަޖާ 2.0" ގައި ޓައިގާ ވަނީ އާދަޔާޚިލާފު މޮޅު ނެށުމުގެ ހަރަކާތްތަކެއް ދައްކާފަ އެވެ.

އަހުމަދު ޚާން ޑައިރެކްޓް ކޮށްފައިވާ "ހީރޯޕަންތީ 2" ރިލިޒް ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. މި ފިލްމުގެ ބަތަލާ އަކީ ތާރާ ސުތާރިއާ އެވެ.