ކަރަން ޖޯހަރް ހޯސްޓްކުރާ "ކޮފީ ވިތު ކަރަން"ގެ އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ބައިވެރިވެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފް އާއި ކްރީތީ ސެނޯން އެވެ.
މި ޝޯގައި ޓައިގާ ވަނީ އޭނާގެ ލޯބީގެ ހިތުގައި ވަރަށް ގިނަ ވާޙަކަތައް ކަރަން އާ ހިއްސާ ކޮށްފަ އެވެ. އަދި އޭނާ ވަރަށް ގިނަ ދުވަސް ވަންދެން ރައްޓެހިވެގެން އުޅުނު ދިޝާ ޕަޓްނީ އާ ރުޅިވި ވާޙަކަ ނުބުންޏަސް ދިޝާ އާއި އޭނާގެ ލޯބީގެ ގުޅުން ނެތް ކަމަށް ޓައިގާ ވަނީ ނުސީދާ ގޮތަކަށް ބުނެފަ އެވެ.
ޓައިގާ ބުނި ގޮތުގައި އޭނާ މި ވަގުތު ސިންގަލް އެވެ. އަދި ލޯބިވެރިޔަކަށް ޚިޔާރު ކުރާނެ އަންހެންކުއްޖެއް ހޯދަމުންދާ ކަމަށް ވެސް ބުންޏެވެ.
ކުޑައިރުއްސުރެ ޓައިގާގެ ހިތުގައި އޭނާގެ "ބާގީ" އާއި "ބާގީ 3"ގެ ބަތަލާ ޝްރައްދާ ކަޕޫރަށް ޚާއްސަ ލޯތްބެއް އުފެދިފައިވާ ކަމަށް މި ޝޯގައި ޓައިގާ ވަނީ އެއްބަސް ވެފަ އެވެ.
ޓައިގާ ބުނާ ގޮތުގައި އެންމެ ކުރިއްސުރެ އޭނާގެ ކްރަޝް އަކީ ޝްރައްދާ އެވެ.
"އަހަރެންނަށް އަބަދުވެސް ޝްރައްދާ ވަރަށް ރީތި. އަހަރެން ވަރަށް ހިތްކިޔާ އަންހެންކުއްޖެއް ޝްރައްދާ އަކީ،" ޓައިގާ ބުންޏެވެ.
ފިލްމީ ރޮނގުން ބަލާއިރު ޓައިގާ ދެން އެންމެ އަވަހަށް ފެންނާނީ "ގަންޕަތު" ކިޔާ ފިލްމަކުންނެވެ. ވިކާސް ބާލް ޑައިރެކްޓްކުރާ މި ފިލްމަކީ އެކްޝަން ތުރިލާ އެކެވެ. މި ފިލްމުގެ ބަތަލާ އަކީ ކްރީތީ އެވެ.
ޓައިގާ 2014ގައި ބޮލީވުޑަށް ތައާޜަފްވީ ފިލްމު "ހީރޯޕަންތީ"ގެ ބަތަލާ އަކީ ވެސް ކްރީތީ އެވެ.