އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ ފަސް އަހަރުގެ ސްޓްރެޓެޖީކް ޕްލޭނަށް މަޝްވަރާކޮށްފި

Dec 29, 2015

އެޗްއާރްސީއެމްގެ 2016 އިން 2020 އަށް އަމަލު ކުރާ ސްޓްރެޖީކް ޕްލޭނާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސްޓޭކް ހޯލްޑާސް ފޯރަމެއް ބާއްވައިފި އެވެ.
މި ފޯރަމަކީ ކުރިޔަށް އޮތް ފަސް އަހަރަށް އެޗްއާރްސީއެމުން އަމާޒު ކުރަން ކަނޑައަޅާފައިވާ ތިން ދާއިރާގައި އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާމެދު ހުރިހާ މުއައްސަސާތަކުގެ މެދުގައި މަޝްވަރަށްކޮށް ހިޔާލު ހޯދުމަށް ބޭއްވި ފޯރަމެކެވެ.
ކޮމިޝަނުގެ ތިން އަމާޒަކީ:

އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުން
އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުން
ކޮމިޝަންގެ ހިންގުން ހަރުދަނާ ކުރުން

މިއަދު ސްޓެލްކޯގައި ބޭއްވި ފޯރަމުގައި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާއި ޖަމިއްޔާތައް ބައިވެރިވި އެވެ.