ދިރާގު

ފްރީ ޑައިވިން ވޯލްޑް ރެކޯޑުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Apr 25, 2022

އެންމެ ގިނަ ބަޔަކު އެއް ފަހަރާ ފްރީޑައިވް ކޮށްގެން ވޯލްޑް ރެކޯޑެއް ހަދަން ރާއްޖޭގައި ބާއްވާ އިވެންޓުގެ ފްރީ ޑައިވް ދުނިޔޭގެ ރެކޯޑް އިވެންޓުގެ ޑިޖިޓަލް ޕާޓްނަރުކަން ދީރާގަށް ލިބިއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފާހަގަކުރުމުގެ ގޮތުން ބާއްވާ މި އިވެންޓު ހާއްސަކޮށްފައިވަނީ ރިސޯޓުތަކުގެ މުވައްޒަފުންނަށެވެ. މި އިވެންޓު ބާއްވަނީ މޫދުގެ ކަނޑައެޅޭ ހިސާބުގައި ދެ މިނެޓު ވަންދެން އެންމެ ގިނަ މީހުން ނޭވާ ހިފަހައްޓާލައިގެން މޫދު އަޑީގައި ތިބުމެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު ބާއްވަން ތައްޔާރުވާ މި އިވެންޓަކީ "ފްރީ ޑައިވް މޯލްޑިވްސް" އިން ބާއްވާ މިފަދަ ދެވަނަ ވޯލްޑް ރެކޯޑް އިވެންޓެވެ.

އެ ޖަމިއްޔާއިން މިފަހަރުގެ އިންވެޓަށް މީހުން ތަމްރީން ކުރަމުންދާއިރު، މި އިވެންޓުގައިވެސް ގިނަ ބަޔަކު ބައިވެރިވާނެ އެވެ.

ރާއްޖޭގައި މީގެ ކުރިން 2019 ވަނަ އަހަރުވެސް ވަނީ ވޯލްޑް ރެކޯޑު އިވެންޓެއް ބާއްވާފަ އެވެ. ނޭވާގެ ނަމުގައި ބޭއްވި މި އިވެންޓުގައި އެންމެ ގިނަ ބަޔަކު އެއް ފަހަރާ ފީނައިގެން ދުނިޔޭގެ ފޮތުން ޖާގަ ހޯދާފައިވެ އެވެ. އެ ފަަހަރުގެ އިންވެންޓުގައި 521 މީހުން ބައިވެރިވި އެވެ.