ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަފްތާއެއް؛ އިތުރު 288 މީހަކަށް ކޮވިޑް ޖެހިއްޖެ

މިދިޔަ ހަފްތާގައި 288 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓްކެޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް ޖެހުނު މީހުންގެ ތަފާސް ހިސާބްތައް އާންމު ކޮށްފައެވެ. މި މުއްދަތުގައި 288 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 205 މީހުންނަކީ އަތޮޅުތަކުން ބަލި ޖެހުނު މީހުންނެވެ.

އަތޮޅުތަކުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައިވަނީ 19 ވަނަ ދުވަހު އެވެ. އެ ދުވަހު 84 މީހަކަށް ބަލި ޖެހުނެވެ. 17 ވަނަ ދުވަހު 35 މީހަކަށް އަދި 18 ވަނަ ދުވަހު 38 މީހަކަށް ބަލި ޖެހުނެވެ. 22 ވަނަ ދުވަހު 24 މީހަކަށް ބަލި ޖެހުނުއިރު 23 ވަނަ ދުވަހު ބަލި ޖެހުނީ 42 މީހަކަށެވެ.

މި މުއްދަތުގައި މާލެ ސަރަހައްދުން ބަލި ޖެހިފައިވަނީ 37 މީހަކަށެވެ. މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ 19 ވަނަ ދުވަހު އެވެ. އެއީ 12 މީހެކެވެ. 17 އަދި 18 ވަނަ ދުވަހު ޕޮޒިޓިވްވީ ހަތް މީހެކެވެ. 20 އަދި 21 ވަނަ ދުވަހު ޕޮޒިޓިވްވީ ތިން މީހެކެވެ. 23 ވަނަ ދުވަހު އެއްވެސް މީހަކަށް ބަލި ޖެހިފައެއް ނުވެއެވެ.

ކޮވިޑް ބަލީގައި މިދިޔަ މަހު އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވީ 298 މީހެކެވެ. ރާއްޖެއިން މިހާތަނަށް 179،171 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

މާޗް މަހު ކޮވިޑް ޖެހުނީ 4،225 މީހަކަށް

މާޗް މަހުގެ ތެރޭގައި 4،225 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 3،375 މީހުންނަކީ އަތޮޅުތަކުން ބަލި ޖެހުނު މީހުންނެވެ.

މި މުއްދަތުގައި މާލެ ސަރަހައްދުން ބަލި ޖެހިފައިވަނީ 394 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ ކޮވިޑާއި ގުޅިގެން އެޅި ހަރުކަށި ހުރިހާ ފިޔަވަޅެއް ވަނީ އުވާލާފައެވެ. ދެ އަހަރަށް ފަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި މާސްކު އެޅުން މަޖުބޫރު ކުރި ކުރުމާއި ވެކްސިން ނުޖަހާ މީހުންނަށް އެޅި ފިޔަވަޅުތައްވެސް ވަނީ ދޫކޮށްލާފައެވެ.