އެޓާނީ ޖެނެރަލް

ކޯޓުތައް އެކުލެވިގެންވާ ގޮތް ބަދަލުކޮށް ޑިސްޓްރިކްޓް ކޯޓް އުފައްދަން ނިންމައިފި

ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު، ރައީސް ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން: ރާއްޖޭގައި ގާއިމުކުރެވިފައިވާ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށް ނިންމާ އެކަމާ ގުޅޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ވަނީ ފޮނުވާފައި --
0%
0%
100%

ރާއްޖޭގައި ގާއިމުކުރެވިފައިވާ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށް ނިންމާ އެކަމާ ގުޅޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ފޮނުވައިފި އެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނީ އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އެ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމަށްޓަކައި ކަމާގުޅޭ ބިލުތައް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާ މައިގަނޑު އިސްލާހުތަކަކީ ރާއްޖޭގައި ގާއިމުކުރެވިފައިވާ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށާއި ވަކިވަކި ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލު ކުުރުމާއި ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި އަދަދެއްގެ ސާކިޓްތަކެއް ގާއިމުކޮށް މެޖިސްޓްރޭޓުން އައްޔަންކުރާނީ ކަނޑައެޅޭ ސާކިޓްތަކަކަށް ކަމުގައި ހަމަޖެއްސުމަށް ކަމަށެވެ. އަދި ކޯޓުތައް ހިންގުމާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އެނޫންވެސް ބައެއް އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ.

އެ އޮފީހުން އަދި ބުނީ ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމުގެ މައިގަނޑު ބޭނުމަކީ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަހިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ބައެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށް ކަމަށެވެ. އަދި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލު ކުރުމަށާއި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހު ކުރުން ކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތަކާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް އިތުރަށް ތަފްސީލު ކުރުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

ޝަރުޢީ ދާއިރާ އިސްލާހު ކުރުމަކީ އިޖްތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ ބޮޑު އެއް ވައުދު ނަމަވެސް ޝަރުއީ ދާއިރާގެ ހާލަތު އިތުރަށް ގޯސްކޮށްފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ދެކެއެވެ. މި ސަރުކާރު އައި ފަހުން ޖޭއެސްސީގެ އެތުރުމަށް އައި ބޮޑު ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންގެ މައްސަލަތައް އެތައް ފަނޑިޔާރުންނެއް ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓްގެ ހުރިހާ ފަނޑިޔާރުންނާއި ހައި ކޯޓާއި ކްރިމިނަލް ކޯޓްގެ ފަނޑިޔާރުންވެސް ހިމެނެއެވެ. މިހާރުވެސް ހައި ކޯޓްގެ ދެ ފަނޑިޔާރެއް މަގާމުން ދުރުކުރުމަށް މަޖިލީހަށް ވަނީ ފޮނުވާފައެވެ.

ޝަރުއީ ދާއިރާއަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުވެސް އޮވެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޤާދިރު

ކޯޓްތަކުގެ ނަން ބަދަލުކުރީމާ ޝަރުއީ ދާއިރާ އިސްލާޙުވީ. ފަށް ކެނޑިއްޔާ މާތާހިރުވާނެ.

ހީވަނީ

މިރާއްޖޭގެ އެއްވެސް ހިސާބަކަށް ތަނަކަށް ޑިސްޓްރިކްޓް ކިޔާކަމެއް ނޭނގޭ. އެންގެނީ އަތޮޅު، ރަށް، އަވަށް، ސިޓީ. އަސާސީ ބަދަލުކުރަންޖެހޭތަ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910