އެމްއެމްއޭ

މިދިޔަ އަހަރު އެމްއެމްއޭ އިން 649 މިލިއަން ޑޮލަރު ވިއްކައިފި

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ: މިދިޔަ އަހަރު ވިއްކި ޑޮލަރުގެ އަދަދު ދެ ޕަސެންޓް ވަނީ އިތުރުވެފަ -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރު 649 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ) ވިއްކައިފި އެވެ.

އެމްއެމްއޭއިން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު 649 މިލިއަން ޑޮލަރު ވިއްކިއިރު މިއީ 2020 ވަނަ އަހަރާ އަޅާބަލާނަމަ 2.4 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ވިއްކި ޑޮލަރުގެ 59 ޕަސެންޓް ވިއްކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެއީ 382.9 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވިއްކި ޑޮލަރުގެ ނިސްބަތްވަނީ 2020 އާ އަޅާ ބަލާނަމަ ތިން ޕަސެންޓް މަދުވެފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އެމްއެމްއޭ އިން މިދިޔަ އަހަރު ބޭންކްތަކަށްވެސް ބޮޑު އަދަދުން ޑޮލަރު ވިއްކާފައިވެ އެވެ. ބޭންކްތަކަށް 266.1 މިލިއަން ޑޮލަރު ވިއްކިއިރު މިއީ ޖުމްލަ ޑޮލަރުގެ 35 ޕަސެންޓެވެ. މީގެތެރޭގައި "ވީކްލީ އެލޮކޭޝަން" ގެ ގޮތުގައި ބޭންކް ތަކަށް ވިއްކި 171.7 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ. އަދި ބޭރަށް ފުރާ ދިވެހިން ގަތް ޑޮލަރު ވެސް ހިމެނެ އެވެ.

އެމްއެމްއޭ އިން މިދިޔަ އަހަރު ރާއްޖެ އަށް ބޭނުވާ އެންމެ އަސާސީ މުދާ އެތެރެ ކުރާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީގެން ޑޮލަރު ދޫކޮށްފައިވެ އެވެ. ބޭހާއި ކާބޯތަކެތި އެތެރެކުރާ ފަރާތް ތަކަށް ހާއްސަކޮށް 15 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910