އެސްޓީއޯ

ފޮތި ކޮތަޅު ބޭނުންކުރުމުން ހަދިޔާ ދޭ ކެމްޕޭނެއް ފަށައިފި

Apr 26, 2022
1
ފޮތި ކޮތަޅު ބޭނުންކުރުމުން ހަދިޔާ ދޭ ކެމްޕޭނެއް ފެށުމަށް މިއަދު އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހަރަކާތުގެ ތެރެއިން
0%
0%
0%

ފޮތި ކޮތަޅު ބޭނުންކުރާ މީހުންނަށް ހަދިޔާ ދޭ ކެމްޕޭނެއް އެސްޓީއޯ އާއި ދިރާގުން ފަށައިފި އެވެ.

އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގައި މިއަދު މި ކެމްޕޭން ފެށީ "ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް" ގެ ނަމުގަ އެވެ.

މިކެމްޕޭންގެ މަގުސަދަކީ ފޮތި ކޮތަޅު ބޭނުންކުރުމުގެ އާދައަށަގެންނެވުމާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުގެ އަދަދު މަދުކުރުމެވެ.

ޔޫއެންޑީޕީގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މި ކެމްޕޭނަކީ މޯލްޑިވްސް އޮތެންޓިކް ކްރާފްސްޓް ކޯޕަރޭޓިވް ސޮސައިޓީ އާއި ޖީއީއެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމުން ފަންޑުން ކުރާ ކެމްޕޭނެކެވެ.

އެސްޓީއޯ އާއި ދިރާގު ޕާޓްނަރުންގެ ގޮތުގައި ބައިވެރިވާ މި ކެމްޕޭންގެ ދަށުން 500 ފޮތި ކޮތަޅު ހިލޭ ބެހުމަށް ހަމަޖެހިފައިވެ އެވެ.

އެންއެފްސީ ޗިޕެއް ހަރުކޮށްފައިވާ މި ކޮތަޅު ބޭނުންކޮށްގެން ވިޔަފާރިކުރުމުން މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަސްޓަމަރުންނަށް ޕޮއިންޓްސް ލިބޭނެ އެވެ.

ކަނޑައެޅޭ ވަކި އަދަދަކަށް ޕޮއިންޓް ލިބުމުން އެ ޕޮއިންޓް ބަދަލުވަނީ ހަދިޔާ އަށެވެ. ހަދިޔާގެ ގޮތުގައި އެސްޓީއޯއިން 100 ރުފިޔާ އާއި 500 ރުފިޔާއާ ދެމެދުގެ ފައިސާގެ ޗެކު ދޫކުރާއިރު ދިރާގުން ވަކި އަދަދަކަށް ޑާޓާ ފޯރުކޮށްދެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢިއްޒުއްދީނު ޕޭރަންޓެއް

ކަރުދާސްވެސް މަދުކުރަން ވިސްނަން އެބަޖެހޭ. ބައެއް ސްކޫލްތަކުގަވެސް ޢަރަބި ކަހަލަ މާއްދާތަކުގަ ދަރިވަރުންފޮތާއި މަސައްކަތްފޮތް އޮންނައިރުވެސް ޢަރަބި ކަހަލަ މާއްދާތަކުގަ، އެފޮތުގަ ހުންނަ އެއްޗިސްތައް އިތުރަށް އަދި ޕްރިންޓްކޮށްކޮށްފަ އަލުން އެބަދޭ. އަދި އިތުރުފައިލެއް އެގަޑުތައްއަޅަން ޓީޗަރު އެބަ ހޯދުވާ. ޢެކަމަކު އެޑިއުކޭޝަނުންވެސް ކިކަނީ ކަރުދާސް ވެސް މަދުކުރާ ވާހަކަ ވީމަ ހިއްސާކޮށްލީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345