ނިޔަފަތި ކެއުމަކީ ކަމަކާމެދު ކަންބޮޑުވާކަމުގެ އަލާމާތެކެވެ. ބައެއް ކުދިންނާއި މީހުނަށް ނިޔަފަތި ކެއުމުން ހިތްހަމަޖެހުން ލިބެ އެވެ. އެއީ އެމީހުން ކަމެއް ކުރަން ހުންނަ ވަގުތުތަކުގަ އާއި ފިލާވަޅު ދަސްކުރާ ގަޑީގައި އަތުގެ ކޮންމެވެސް އެއް އިނގިޔަކަށް ދަތްތަކުން ހަމަލާ ދިނުމުން ވެފައި ހުންނަ ނުތަނަވަސް ކަމަށް ލުޔެއް ލިބޭތީ ކަމަށް ވެއެވެ. ހާއްސަކޮށް މިކަން ގިނައިން ފާހަގަ ވަނީ ފިލާވަޅު ދަސްކުރާ ގަޑީގަ އެވެ. ގިނަ ފަހަރަށް ދަސްކުރާ ފިލާވަޅާއެކު އިނގިލީގަ ހުންނަ ނިޔަަފަތިތަކަށް ވާނުވާއެއް ނޭނގި ގެއްލެއެވެ.
ހަޔާތުގަ ދިމާވާ ކަމެއްގެ ސަބަބުން އެކަމާ ވިސްނަމުން ގޮސް ނިޔަފަތިތައް ކެވޭ މީހުންވެސް އުޅުއެވެ. އެއީ އެމީހުންގެ އިހުސާސްތައް ކޮންޓްރޯލް ކުރާ ގޮތެވެ. ބައެއް މީހުން ބަނޑުހައި ވުމުންނާއި ފޫހިވުމުން ނޫނީ ނުރައްކަލެއް ކުރިމަތިވާނަމަ ވެސް އެކަން ކުރެވެ އެވެ. ނިޔަފަތި ކެއުމަކީ އެމީހެއްގެ އަމިއްލަ ނަފްސުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ކަމެއް ނޫނެވެ.
ކަމެއް ނުކޮށް އިންނަ ގަޑީ ހިޔާލުގައި ކުރެވޭކަންތަކުގެ ތޭރޭގައި މި އާދަ އަށަގަނެފައި ވެއެވެ. މިސާލަކަށް އޮފީސްތެރޭ އިންނަ ގަޑީ ބުރުގާ އަޅާ ކުދިންނަށް ވެސް ބޭއިހުތިޔާރުގައި މޫނުމަށްޗައް ވެއްޓިފަ އޮންނަ އިސްތަށިކޮޅު ރަނގަޅުކޮށް ލުމަށް ކަންފަތް ފަހަތައް ހިޔާލީ އިސްތަށިކޮޅު ލެވޭތަން ފެންނާނެ އެވެ. ނޫނީ މަދިރިއެއް ހެފީ ކަމަށް ހިތާ ތަނެއް ކަހާލެވިދާނެ އެވެ. ޓިވީ ބަލާގަޑީ ނޫނީ އީމޭލެއް ކިޔާ ގަޑީވެސް މިގޮތައް ނިޔަފަތި ކާލެވެއެވެ،
ޓެކްސަސްގެ އޭ އެންޑް އެމް ޔުނިވާސިޓީ ހެލްތް ސައިންސް ސެންޓާއިން ބުނާ ގުތޮގައި އެކި ސަބަަބުތަކާއިހުރެ ވެސް ނިޔަފަތި ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ.
އަތް އަވަސް އަވަހަށް ދޮވުނު ނަމަވެސް ނިޔަފަތީ ދަށުގައި އަބަދުވެސް އެކިކަހަލަ ޖަރާސިމްތައް ހުރެ އެވެ. ނިޔަފަތި ކެއުމުން އެކެވެނީ އެކިވައްތަރުގެ ޖަރަސީމްތަކެވެ. މި ޖަރާސީމުތައް އެތެރެ ހައްޓަށް ދިއުމުން އެކި ކަހަލަ ބަލިތަކަށް ހަށިގަނޑު ހުށައެޅެއެވެ.
ގަވައިދުން ނިޔަފަތި ކާ މީހުންނާއި ކުދިންގެ ދަތްތައް ހުންނަން ވާގޮތަށް ނޫން އެހެން ބައްޓަމަށް ދަތްްތައްހުރުން ވެސް ގާތެވެ. އަދި ހިރުގަނޑުގައި ޖަރާސީމް އަށަގަތުމާއި ހިރުގަނޑު އިންފެކްޓްވުމުގެ އިތުރުން އެކަމުން އަގައިގައި ނުބައިވަސް ހިފައެވެ. ނިޔަފަތި ކެވޭވަރު ނޭނގި އެކީ ހުސްކޮށްލޭވޭ ފަހަރުވެސް ޢާދެއެވެ. މިގޮތަށް ކަންތައްދިމާވުމުން ދެން ނުކުނަންހުރި ނިޔަފަތި އިންފެކްޓްވެ، އޮޕަރޭޝަން ކުރަން ވެސް ޖެހިދާނެ އެވެ.
ނިޔަފަތި ރީތި ކުރަން ނޭލްޕޮލިޝް އުނގުޅާ ކުދިން މިކަމަށް ހާއްސަ ސަމާލުމަކެއް ދޭންޖެހެއެވެ. އެއީ ނޭލްޕޮލިޝްގައި އެކުލެވޭ ވިހަ މާއްދާތަކުގެ ސަބަބުންނެވެ. އެކަމުން ހަޖަމްގެ ނިޒާމް ތަޣައްޔަރުކޮށްލަ އެވެ.