އުމްރާ ދަތުރު

އުމްރާއަށް ގޮސް ހުރި ދިވެއްސަކު މަރުވެއްޖެ

Apr 27, 2022

އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު މަރުވެއްޖެ އެވެ.

މިއަދު ފަތިހުގެ ވަގުތެއްގައި މަރުވެފައިވަނީ ބ. އޭދަފުށި ބަގީޗާގެ، އުމުރުން 76 އަހަރުގެ އަބޫބަކުރު ހަސަން އެވެ.

އަބޫބަކުރު މަރުވީ މައްކާގެ ހަރަމްފުޅުގައި ފަތިސް ނަމާދު ކުރުމަށްފަހު އޭނާ ހުންނަ ހޮޓަލަށް ބަހުގައި ދިޔަ މަގުމަތީގަ އެވެ.

އަމިއްލަ އާއިލާ އާއި އެކު އަބޫބަކުރު އުމްރާ އަށް ދިޔައީ މުސާފިރީން އުމްރާ ގުރޫޕާ އެކު އެވެ.

އަބޫބަކުރުގެ ކަށުނަމާދާއި ޖަނާޒާ އޮތް ވަގުތެއް އަދި އެނގިފައެއް ނުވެ އެެވެ.