ޒަކާތް

ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

Apr 29, 2022

ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5,583,326.44 ރުފިޔާ ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ މި މުއްދަތުގައި ފިތުރު ޒަކާތް ދައްކާފައިވަނީ 107,132 މީހުން ކަމަށެވެ.

މިދިޔައަހަރުގެ މި މުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 5,657,851 ރުފިޔާއެވެ. މި މުއްދަތުގައި ފިތުރު ޒަކާތް ދައްކާފައިވަނީ 135743 މީހުންނެވެ.

ޒަކާތް އޮންލައިންކޮށްވެސް ދެއްކޭއިރު މިނިސްޓްރީގެ ވެބްސައިޓުންނާއި ދިރާގު ޕޭ އާއި އެސްއެމްއެސްގެ އިތުރުން އުރީދޫގެ އެމްފައިސާ އާއި އެސްއެމްއެސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް އާއި ފަހި ޕޭ މެދުވެރިކޮށް މިއަދުގެ ނިޔަލަށް ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު އޮތީ ހަމަޖައްސާފައެވެ. ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.