ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭ އިން އަނެއްކާ ވެސް ރައްކާތެރި އެެއާޕޯޓުގެ ސެޓިފިކެޓް

May 1, 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެއާޕޯޓް ކައުންސިލް އިންޓަނޭޝަނަލް (އޭއައިސީ) ގެ ސެޓްފިކެޓް އަނެއްކާވެސް ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބިޒީ އެއާޕޯޓް ކަމަށްވާ ވީއައިއޭ ބަލަހައްޓާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އޭއައިސީ އިން ދޭ އެއާޕޯޓް ހެލްތް އެކްރިޑިޓޭޝަން ސެޓިފިކެޓް ލިބިގެން ދިއުމަކީ ބޮޑު ކުރިއެރުމެކެވެ. މި ސެޓްފިކެޓް އެންމެ ފުރަތަމަ ވީއައިއޭ އަށް ލިބިފައިވަނީ ކޮވިޑް-19 އަށްފަހު ދުނިޔޭގެ އެއާޕޯޓްތައް ހުޅުވަމުން ދިޔަ ދުވަސްވަރު އެވެ.

އެއާޕޯޓް ހެލްތް އެކްރިޑިޓޭޝަން ސެޓިފިކެޓް ދިފާއު ކުރުމާ ގުޅިގެން އޭސީއައިއޭ ވޯލްޑްގެ ޑިރެކްޓަރު ޖެނެރަލް ފިލިޕްދޭ އޮލިވޭރާ އާއި އޭސީއައި އޭޝިއާ ޕެސިފިކްގެ ޑިރެކްޓަރު ޖެނެރަލް ސްޓެފާނޯ ބޮރަންޗީ ވަނީ އެމްއޭސީއެލް އަށް މަރުހަބާ ކިޔާފަ އެވެ.

"މި ސެޓްފިކެޓް ލިބިފައިވަނީ ހެލްތް ސޭފްޓީ ބަލަހަން ހިންގި ވެލުއޭޝަނަށްފަހު. އެއާޕޯޓް ބޭނުން ކުރާ ފަސިންޖަރުންގެ ރިވިއުއާއެކު،" އެ ކުންފުނިން ބުނެފައިވެ އެވެ.

މި ސެޓްފިކެޓް އަނެއްކާ ވެސް ވީއައިއޭ އަށް ލިބުމުގައި އިކާއޯ އާއި ކައުންސިލް އިންޓަނޭޝަނަލް ރިކަވަރީ ޓާސްޓް ފޯމް (ކާޓް) ގެ ރިކޮމެންޑޭޝަންތައް ފުރިހަމަ ކުރުން ވެސް ހިމެނެ އެވެ. މިއީ ކކޮވިޑް-19 އަށްފަހު ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން އަޅާފައިވާ ފިޔަވަޅުތައް ފުރިމަ ކޮށްފައިވާ ވަރު ބަލާނެ އެވެ.