ރައީސް އޮފީސް

ފޮރިން ސެކްރެޓަރީއަކަށް ލަތީފް ހަމަޖައްސައިފި

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މއ. އަތަމާވިލާ، އަބްދުލްޣަފޫރު މުހައްމަދު އަދި ފޮރިން ސެކްރެޓެރީގެ މަގާމަށް ހ. ސީވީޑް، އަހްމަދު ލަތީފު މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ ދެ ބޭފުޅުން އެ މަގާމުތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ.

އަބްދުލްޣަފޫރު މުހައްމަދު އެ މަގާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމުން ވަކިކުރެއްވުމަށް ފަހުގަ އެވެ. އަދި އަހްމަދު ލަތީފު އެ މަގާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުން ވަކިކުރައްވާފައެވެ.