ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަލީ ފާއިޒަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ސަފީރުކަމުގެ މަގާމަށް މއ. މަނާގެ، އަލީ ފާއިޒު އައްޔަނުކޮށް ފަތްކޮޅު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު މއ. މަނާގެ، އަލީ ފާއިޒު މަގާމަށް އައްޔަންކުރައްވާ ފަތްކޮޅު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަލީ ފާއިޒު އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ސަފީރު ކަމަށް އަލީ ފާއިޒު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ނޮވެމްބަރު 28، 2022ގަ އެވެ. އަލީ ފާއިޒުއަށް ރުހުންދޭން ފެންނަ ކަމަށް .62 މެންބަރުން ވޯޓު ދެއްވި އެވެ.

އަލީ ފާއިޒު ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ރައީސްކަން ކުރައްވާފަ އެވެ.

އޭގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރާއި ބައެއް ކުންފުނިތަކުގައި އިސް މަގާމުތައް ފުރުއްވި އެވެ.

މީގެ އިތުރުން އަލީ ފާއިޒު ވަނީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުވަލާލި ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެންބަރު ކަންވެސް ކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910