ރާއްޖެ ކުޅިވަރު

ބައިބަލާ ޗެލެންޗްގައި 34 ޓީމް، އަންގާރަ ދުވަހު ފަށަނީ

ބައިބަލާ މުބާރާތުގެ ތެރެއިން: މިއަހަރުވެސް އެ މުބާރާތް އޮންނާނެ --
0%
0%
100%

މި އަހަރުގެ ބައި ބަލާ މުބާރާތް ވަޅު އީދު ދުވަހު -- އަންނަ އަންގާރަ ދުވަހު -- ފެށުމަށް ނިންމައިފި އެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ބައިބަލާ މުބާރާތް ބާއްވަނީ "އެމްޓީސީސީ ބައިބަލާ ޗެލެންޖް" ނަމުގައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސާއަކީ އެމްޓީސީސީ އެވެ.

ބައިބަލާ އެސޯސިއޭޝަނުން ބުނީ މި އަހަރުގެ މުބާރާތުގައި 34 ޓީމް ވާދަކުރާނެ ކަމަށެވެ. ޖުމްލަ 1،000 ކުޅުންތެރިން ފެންނާނެ އެވެ.

މުބާރާތް ކުރިއަށް ދާނީ މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ދޮންގަނޑު ބީޗްގައެވެ.

ފިތުރު އީދާ ގުޅިގެން ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތަކީ ބައިބަލާ މުބާރާތެވެ. މުބާރާތަށް ޓީމުތަކުން ދަނީ ފޯރީގައި ފަރިތަކުރަމުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ބައިބަލާ ޕިޗްތައް ތައްޔާރުކޮށް ޓީމުތަކުން ޕްރެކްޓިސް ކުރާތާ ދެ ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މިނިމަލް

ތީ ހަމަ މާލެ ތެރެ ހަލަބޮލި ކޮށް މާރާމާރީ ހިނގަން ވެގެން ކުރާ ކަމެއް، އިތުރު ކަމަކު ނޫން.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910