މާރާމާރީ ހިންގުން

މާރާމާރީއެއް، ޒުވާނަކު ޒަހަމުކޮށްލައިފި

މާލެ ސިޓީގައި މާރާމާރީއެއް ހިންގާ ޒުވާނަކު ޒަހަމުކޮށްލައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ކޯރިކެނޑި މަގު، މާވެޔޮ މިސްކިތް ކައިރީގައި މާރާމާރީއެއް ހިނގާފައިވާ ކަމަށެވެ. އެ މާރާމާރީ ހިންގީ ފަތިހު 5:48 އެހާކަންހާއިރު އެވެ. މާރާމާރީގައި 23 އަހަރުގެ ދިވެހި ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ.

އޭނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.