ބޮލީވުޑް

އަނުޝްކާއަށް ހާއްސަވީ އަރުޖުންގެ ތަހުނިޔާ

ނިމިދިޔަ އާދިއްތަ ދުވަހަކީ ބޮލީވުޑްގެ ފިލްމީ ބަތަލާ އަނުޝްކާ ޝަރުމާގެ 34 ވަނަ އުފަން ދުވަހެވެ. ފިލްމީ ދާއިރާގެ އެކި ފަރާތްތަކުގެ މެސެޖްތަކާއި ހެޔޮދުއާގެ ތަހުނިޔާތައް އަނުޝްކާއަށް ދަނީ ލިބެމުންނެވެ. ބޮލީވުޑްގެ މަޝްހޫރު އެހެން ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޗޯޕްރާއާއި އާއިލާބަޓްއާއި ޕަރީނިތީ ޗޯޕްރާ ކަހަލަ މީހުންގެ ފަރާތުން އުފަން ދުވަހުގެ ތަހުނިޔާ ލިބުނެވެ. ނަމަވެސް އެންމެ ހާއްސަ އެެއް ތަހުނިޔާއެއްގެ ގޮތުގައި އަނުޝްކާއަށް ފާހަގަ ކުރެވުނީ އަރުޖުން ކަޕޫރް ފޮނުވި އުފަން ދުވަހުގެ ތަހުނިޔާ އެވެ.

އަރުޖުން ކަޕޫރު ފޮނުވި އުފަން ދުވަހުގެ މެސެޖުން މުޅި އިންޓަނެޓްގައި ވަނީ ހަލަބޮލި ވެފަ އެވެ.

އަނުޝްކާ ވިނަގަނޑުމަތީ އޮށޯވެލައިގެން އޮތް ފޮޓޯއެއް އަޕްލޯޑް ކުރަމުން އަރުޖުން ވެސް ވަނީ ހަމައެގޮތައް ވިނަގަނޑުމަތީ އޮށޯވެލައިގެން އޮތް ފޮޓޯއެއް ނެޓައްލާފަ އެވެ. އަދި އަރުޖުން އަނުޝްކާއަށް ފޮނުވި މެސެޖުން ވަރަށް ހިތްހަމަޖެހިފައިވާކަން އަނުޝްކާ ވަނީ ބުނެފަ އެވެ.

އަރުޖުން ލިޔެފައިވާ އުފަން ދުވަހުގެ ތަހުނިޔާގައި ބުނެފައިވަނީ އަހަރެންގެ މިޒާޖުގައި ވަނީ އިންޑިއާގެ ތިމާވެށީގެ ރާނީި އަށް ގުދުރަތީ އުފަން ދުވަހުގެ
ތަހުނިޔާއެއް ފޮނުވުން ކަމަށެވެ. އެއީ މާތަކުންނާއި ފަތްތަކުން އަދި ގަސްގަހާއިގެެހީގެ ތެރެއިންނެވެ. އުފާވެރި ދިރިއުޅުމަކަށް އެދެމެވެ. ތިކަހަލަ އެހެން އަންހެންކުއްޖެއް ނުހުންނާނެއެވެ.

އަނުޝްކާގެ ރައްޓެހިން އޭނާއަށް ސަމާސާ ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވިސްނާނަމަ އޭއީ ކުށްހީ އެކެވެ. އަރުޖުންގެ މި ފޮޓޯ ފެނުމުން އަނުޝްކާވަނީ އަރުޖުން ކުރި ޕޯސްޓައް ޖަވާބު ދީފަ އެވެ.

އަނުޝްކާ ބުނެފައިވަނީ އަރުޖުން ނަގާފައި އިން ފޮޓޯއަކީ މާކުރިން އަރުޖުންގެ ފޮޓޯ އަލްބަމްގައި އިންނަ ފޮޓޯއެެއްް ކަމަށެވެ.