މޯލްޑިވްސް ޕޮލިސް ސާވިސް

ގުރޫޕް މާރާމާރީ ހިންގި ހަތް މީހަކު ހޯދަން ވަނަވަރު އާންމުކޮށްފި

May 5, 2022
1

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަން ބޭނުންވާ ހަތް މީހެއްގެ ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ބުނީ ހޯދަން ބޭނުންވާ ހަތް މީހުންނަކީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަމުންދާ ބައެއް ކަމަށެވެ.

ހޯދަމުންދާ މީހުންގެ ވަނަވަރު:

  • ކ. މާލެ، ދަފްތަރު ނަންބަރު ރސ2260، މައުސޫމު މުހައްމަދު ދީދީ (27އ)
  • ތ. ތިމަރަފުށި، ސީނުގެ، އަހްމަދު ޝިމްހާޒު (22އ)
  • ކ. މާލެ، މ. ލޮނުމިދިލިގެ، ލޫތު އަހްމަދު އާސިފް (18އ)
  • ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަހްމަދު ރަބީއު (24އ)
  • ގއ. ގެމަނަފުށި، ކެނެރީގެ، އަހްމަދު ނާޒިހު (27އ)
  • ސ. ހުޅުދޫ، ނާދީ، މުނާދު ޖައުފަރު (20އ)
  • ސ. މަރަދޫ، ކޮރަލް، އަހްމަދު ސާތިއު (21އ)

މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް އެނގޭ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުންގެ އިދާރާއިން ބަޔަކު ހޯދަން އިއުލާންކޮށްފައި މިވަނީ މާލެއާއި ހުޅުމާލޭގައި ރޭގެ ވަގުތެއްގައި ގުރޫޕް މާރާމާރީ ހިންގާ ބައެއް މީހުންނަށް ހަމަލާދީފައި ވަނިކޮށެވެ.