130 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ފަރަށް އަރާފައިވަނީ ށ. ފޯކައިދޫ އިން މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ކަމަަށެވެ. އެ ބޯޓްގައި 130 މީހަކު ތިބި ކަމަށްވެސް ބުންޏެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.
ބޯޓް އަރާފައިވަނީ ޅ. ފެލިވަރު ފަރަށެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަަށެވެ.
ސިފައިން ބުނީ 125 މީހުންނާއެކު ށ.ފޯކައިދޫން ފުރައިގެން މާލެއަށް ދަތުރުކުރި "ފުރާގު 2" ނަމަކަށް ކިޔާ ބޯޓެއް ޅ.ހިންނަވަރު ކައިރީގައި އޮންނަ ގާއެރިފަރަށް އަރައިގެން ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 8:30 ހާއިރު ކަމަށްވެސް ބުންޏެވެ. ބޯޓްގައި ތިބި މީހުން ނައިފަރަށް ގެންދިއުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފައެވެ. ނައިފަރު ރައްޔިތުން ވަނީ ބޯޓްގައި ތިބި މީހުންނަށް ކެއުމުގެ އިންތިޒާމާއި އެ ނޫންވެސް އިންތިޒާމް ހަމަޖައްސައިދީ ނަމޫނާ ދައްކާފައެވެ.