ޑޮކްޓަރު އަންގައިގެން ގަވައިދުން ކޮންމެ ދުވަހަކު މޭވާ ކާ މީހުން ވިސްނާލުން ރަނގަޅު ކަންތައްތަކެއް ވެއެވެ. އާންމުކޮށް ބާޒާރުން ލިބެން ހުންނަ ހުރިހާ މޭވައެއްގައި ވެސް ހަކުރުގެބައި ހިމެނޭނެ އެވެ. ނަމަވެސް ބައެެއް ކަހަލަ މޭވާތަކަކީ ހަކުރުގެބައި ގިނަ މޭވާތަކެވެ. ވީމާ ހަރުކު ބަލި ހުންނަ މީހުން މޭވާ ކެއުމުގައި ވިސްނާލަން ޖެހޭ ބައެެއްކަންތައް ހުރެ އެވެ.
ގިނަ މީހުނަށް ވިސްނިފައި އޮންނަ ގޮތުންނަމަ ހަކުރުބަލީގެ މިހުން ކެއުމުން ދުރުވާން ޖެހެނީ ފިހާރަތަކުން ގަންނަން ލިބެންހުންނަ ފިޒީ ބުއިންތަކާއި މެޓައާ ޗޮކްލެޓްގެ ބާވަތް ތަކުން އެކަންޏެވެ. އެއްވެސް މީހަކު ގަންނަ މޭވާ ތަކުގައި ހަކުރުގެ ބައި ގިނަ ވެދާނެ ކަމަކަށް ވިސްނައެއް ނުލަ އެވެ. ގަނެގެން ބޭނުން ކުރަނީ އެވެ. ޙާއްސަކޮށް އަނބު އަދި ދޮންކޭލަކީ އޭގައި ހަކުރު ގިނައިން ހުރެދާނެ ކަމާމެދު ސުވާލު ނުއުފައްދާނެ ދެ ބާވަތެވެ.
ހެނދުނުގެ ނާސްތާގެ ތެރެގައި ދޮންކެޔޮ އާންމުކޮށް ބޭނުންކުރާއިރު ވިސްނާލުން މުހިންމު ކަމަކީ ދޮންކޭލުގައި އެހެން މޭވާތަކަށްވުރެ ހަކުރުގެބައި ގިނަވާނެ ކަމެވެ. މޭވާ ގަންނަ އިރު ރަނގަޅު އަދި މީރު މޭވަތައް ކެއުމުގެ ބަދަލުގައި ހަށިގަނޑަށް ފައިދާ ނޫނީ އެ ބޭނުން ކުރުމުން ވެދާނެ ގެއްލުމަކާއި ދޭތެރޭ ވިސްނާފައި ގަތުން މުހިންމެވެ.
ހަކުރު މަދުން ހިމެނޭ ބައެއް މޭވަތަކުގެ ތެރޭގައި ސްޓްރޯބެރީސް އާއު ބްލެކްބެރީސް އާއި ލުނބޯ އަދި ލައިމް އާއި ހަނީޑިއު މެލަން އާއި އޮރެންޖް، ގްރޭޕްފުރުޓާއި އެވަކާޑޯ ހިމެނެ އެވެ.
ސްޓްރޯބެރީޒްއަކީ އެހެނިހެން ބެރީޒް ފަދައިން އެގައި ފައިބ ގިނަ މެވާއެކެވެ. އަށް ސްޓްރޯބެރީޒްގައި ހިމެނެނީ އަށް ގްރާމް ހަކުރެވެ. އަދި އެއީ ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. ޕީޗަސް އަކީ ރަހަފޮނި މޭވާއެއް ނަމަވެސް އާދައިގެ ޕީޗްއެއްގައި ހިމެނެނީ 13 ގްރާމް ހަކުރެވެ. މި މޭވާގެ ކޮންމެ 100 ގްރާމްއެެއްގައި ހިމެނެނީ 1.39 ގްރާމް ޕްރޮޓިން އަދި 5.3 ގްރާމް ފައިބަރެވެ.
ލުނބޯ ބޭނުންކުރުން އެންމެނަށް ރަނގަޅު ނޫން ނަމަވެސް މީގައި ހިމެނެނީ ދެ ގްރާމް ހަކުރެވެ. ސެލެޑްސް ތަކުގެ ތެރެއަށް ސެލެޑް ޑްރެސިންގްސްގެ ބާވަތްތައް ބޭނުން ކުރުމުގެ ބަދަލުގައި ލުނބޯ ފިތާލައިން ބޭނުން ކުރުމުން ހަށިގަނޑުގެތެރޭ ހުންނަ އެހެން ޖަރާސީމްތައްވެސް ނައްތާލައި ދެއެވެ.
ހަނީޑިއު މެލަން ޓީވީ ބަލާގަޑީ ސްނެކްއެއްގެ ގޮތުގައި ބޭނުންކޮށް އުޅެއެވެ. މި މޭވާގެ ކޮންމެ ފޮއްޗެއްގައި ގާތްގަނޑަކަށް 11 ގްރާމްސްގެ ހަޖަމް ކުރާ ހަކުރުގެ ބައި ހިމެނެ އެވެ. ގްރޭޕް ފުުޓްއަކީ ހެދުނުގެ ނާސްތާގައި ބޭނުންކޮށްލަން ރަނގަޅު މޭވާއެކެވެ. އާދައިގެ ވަރަކަށް ހުންނަ މި މޭވާގައި ހުންނަނީ 11 ގްރާމް ހަކުރެވެ. މި މޭވާ ކެއުމުގައި ބޭނުން ކުރާ ގަޑީ މާތޫނުކަމަށް އިހުސާސް ކުރެވޭ ނަމަ އެޔާއި އެކު މާމުއިބޭނުންކުރެވިދާނެ އެވެ.
އެވަކާޑޯއަކީ އޭގައި އެއްވެސް ވަރަކަށް ހަކުރުގެބައި ހިމެނޭ މެވާއެއް ނޫނެވެ. އަދި މި މޭވާގައި ފައިބަރު އަދި ރަނގަޅު ފެޓްސްގެ ބައި ހިމެނެ އެވެ.
އާދާއިގެ އޮރެންޖެއްގައި އެކުލެނީ 14 ގްރާމް ހަކުރެވެ. ތަންތަނުން ގަންނަންލިބޭ އޮރެންޖް ޖޫސްގެ ބަދަލުގައި މަރުކޭޓް ތަކުން ގަނެގެން ސީދާ އޮރެންގް ކެއުމުން ހަށިގަނޑަށް ކުރާފައިދާ ބޮޑުވާނެ އެވެ.