އައި ކެއާ

އައިކެއާ އިން ސޯޝަލް މީޑީއާ ކޮންޓެސްޓެއް

May 7, 2022
1

އައިކެއަރ އޮޕްޓިކަލްސް އިން "މައުޖިމް ސެލްފީ ކޮންޓެސްޓް"ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އައިކެއަރ އޮޕްޓިކަލްގެ އައުޓްލެޓަށް ގޮސް މައުޖިމް އަވި އައިނަކާއެކު ސެލްފީއެއް ނެގުމަށްފަހު އިންސްޓަގްރާމް ނުވަތަ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްގެން މި ކޮންޓެސްޓްގައި ބައިވެރިވެވޭނެ އެވެ. އަދި ކުރާ ޕޯސްޓްގައި ތިން މީހަކާއި އައިކެއަރގެ ފޭސްބުކް ޕޭޖް ނުވަތަ އިންސްޓަގްރާމް ޕޭޖް ޓެގްކުރުމަށްފަހު އެ ދެ ޕޭޖު ފޮލޯކުރަން ޖެހޭނެ ކަމަށް އައިކެއަރ އިން ބުންޏެވެ.

އައިކެއަރ އިން ބުނީ މި ކޮންޓެސްޓް ކުރިއަށް ދާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

"މައުޖިން ސެލްފީ ކޮންޓެސްޓް"ގެ ނަސީބު ވެރިޔަކަށް ހޮވާނީ އެންމެ ގިނަ ލައިކް ލިބޭ ޕޯސްޓްގެ ވެރިފަރާތެވެ. އައިކެއަރ އިން ބުނި ގޮތުގައި ނަސީބުވެރިޔާއަށް މައުޖިން އަވި އައިނެއް ލިބޭނެ އެވެ. އެންމެ ގިނަ ލައިކް ލިބޭ ޕޯސްޓް ހޮވުން އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެވެ.