ބޮލީވުޑް

ކެޓްރީނާ، މަންމަގެ 70 ވަނަ އުފަންދުވަސް ފާހަގަކޮށްފި

މެއި މަހުގެ ފަސް ވަނަ ދުވަހަކީ އިންޑިއާގެ މަޝްހޫރު ފިލްމީ ބަތަލާ ކެޓްރީނާ ކެއިފްގެ މަންމަގެ އުފަން ދުވަހެވެ. އުފަންދުވަހު ކެޓްރީނާގެ މަންމައާއި އެކު ނަގާއިފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ މަންމަގެ 70 ވަނަ އުފަން ދުވަހަށް މަރްހަބާ ކިޔާ، އަބަދުވެސް މަންމަ ހިތްވަރާއެކު އުފަލުގައި ދިރިއުޅުން ކުރިއަށް ގެންދިއުމަށެވެ. އަދި ވަށައިލައިގެން މަންމަގެ އަދަޔާހިލާފަށް އަޑުގަދަ ކުދިންނާއި އެކުވުމަށެވެ.

ބޮލީވުޑްގެ ދުނިޔޭގައި ފިޔަޖަހަމުން އަންނަ އަނުޝްކާ ސަރުމާ އެ ޕޮޓޯއަށް ތައުރީފު ކުރަމުން ބުނެފައިވަނީ އެއީ ވަރަށް ވެސް ލޯބި ފޮޓޯއެއް ކަމަށެވެ. މެސެޖްގެ ބައިގަ ނޭހާ ދޫޕިއާވެސް ކެޓްރީނާގެ މަންމައަށް ވަނީ އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ. ނިމްރަތް ކައުރް އަދި ބޮސްކޯ މާޓިސް ވަނީ ހާޓް އިމޯޖީއެއް އެ ފޮޓޯއަށް ދީފައެވެ.

ކެޓްރީނާގެ މަންމަ އިންޑިއާއަށް ގޮސްފައި ވަނީ އޭނަގެ ދަރިފުޅު ކެޓްރީނާ އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށެވެ. އެދެމަފިރިން ކައިވެނި ޙަފްލާބާއްވާފައި ވަނީ ރާޖިސްތާންގައެވެ. އަދި އެ ފްލާގައި ބައިވެރިކޮށްފައި ވަނީ ގާތް އެކުވެރިންގެ އިތުރުން ދެފަރާތުގެ އާއިލާ މީހުންނެވެ.

ފިލްމީ ދުނިޔޭގައި މިވަގުތު ކެޓްރިނާ މަސައްކަތް ކުރަމުންދަނީ ޝްރީރާމް ރާގަވްގެ ފިލްމް "މެރީ ކްރިސްމަސް" ގައެވެ. ކެޓްރިނާގެ އެކްޓިން ފެންނަ މި ފިލްމްގެ ޝޫޓިންގެ ބައެއް ފޮޓޯތައް ވަނީ މީޑިއާތަކުގައި ފެނިފައެެވެ. މީގެ އިތުރުން ކެޓްރީނާ ފެނިގެންދާނެ ފިލްމްއަކީ "ފޯންބޫތް" އެވެ. މި ފިލްމްގައި އެކްޓަރުންގެ ގޮތުގައި ސިދާންތް ޗަތުރްވޭދީ އަދި އިޝާން ކާޓަރއެވެ. ފަރްޙާން އަޙްތަރުގެ ފިލްމް "ޖީލޭޒަރާ" އިން ޕްރިޔަންކާ ޗޯޕްރާ އަދި އާލިޔާ ބަޓްއާއި އެކު ކެޓްރީނާވެސް މި ފިލްމްއިން ފެނިގެންދާނެއެވެ.

އެކްޓަރ ސަލްމާންހާންއާއި އެކު ކެޓްރީނާ ކުޅެފައިވާ "ޓައިގަރ 3" ދެއްކުމަށް ހަމަޖެހިފައިވަނީ މި ހިނގަމުންދާ އޭޕްރިލް 21 ވަނަ ދުވަހުއެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މަނީޝް ޝަރްމާއެވެ.