ބޮލީވުޑް

"ޗަންދޫ ޗެމްޕިއަން"އަށް ބޮޑު ކާމިޔާބެއް

ބޮލީވުޑްގެ ފިލްމީ ތަރި ކާރްތިކް އާރިޔަންގެ އެންމެ ފަހުގެ ފިލްމު "ޗަންދޫ ޗެމްޕިއަން" އަށް 70 އެއްހާ ކްރޯޑް ރުޕީސް ލިބިއްޖެ އެވެ.

ފިލްމު އެޅުވި ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި މި ފިލްމަށް ވަނީ 5.40 ކްރޯޑް ރުޕީސް ލިބިފަ އެވެ. އަދި ތިންވަނަ ދުވަހުން ފެށިގެން ފިލްމަށް އިތުރު ކާމިޔާބީތައް ދަނީ ލިބެމުންނެވެ.

ފިލްމުގައި އެންމެ މުހިއްމު ރޯލު އަދާކުރާ އާރިޔަންއަށް ވަނީ މި ފިލްމާއި ގުޅިގެން އެތައް ބައެއްގެ ތައުރީފް ލިބިފަ އެވެ.

ފިލްމުގައި އާރިޔާން ކުޅެނީ ފްރީސްޓައިލްކޮށް ފަތައިގެން އިންޑިއާގެ ޕެރެލިމްޕިކްގެ އެންމެ ފުރަތަމަ ގޯލްޑް މެޑަލް ހޯދި މުރްލިކަންޓް ޕެޓްކަރްގެ ރޯލެވެ. ފިލްމަކީ އޭނާގެ ހަޔާތުގެ މައްޗަށް ހާދަފައިވާ ފިލްމެކެވެ.

މި ފިލްމުގައި މުރްލިކަންޓް ޕެޓްކަރްގެ ރޯލު ކުޅުމަށް އާރިޔަން ވަނީ ދުރާލާ އޭނާގެ ހަށިގަނޑަށް އަދި އޭނާގެ ވިސްނުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

"ކުރިން ވެސް ޖިމަށް ގޮސް، ވޯކް އައުޓް ކުރެވުނު ނަމައޭ ހިތަށް އަރާ. އެކަމަކު ކެއުމަށް ގެންނަން ޖެހުނު ބަދަލުތައް ގެނައުމަށް އުނދަގޫވި،" އާރިޔަން ބުންޏެވެ.

ކަބީރު ހާން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައިވެސް މިމަހުގެ 14 ވަނަ ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ.

މި ފިލްމުގައި ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ޝްރައްދާ ކަޕޫރާއި، ކެޓްރީނާ ކައިފް އަދި ވިޖޭ ރާޒް ހިމެނެ އެވެ.

އާރިޔަން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބޮލީވުޑްގެ ފިލްމު "ބޫލް ބުލައްޔާ 3" އަކުންނެވެ.