ބޮލީވުޑް

ޝްރައްދާއާއ ރާޖްކުމާރުގެ "ސްޓްރީ 2" އޮގަސްޓުގައި ނިކުންނަނީ

"ސްޓްރީ 2" އޮގަސްޓް 15 ގައި
0%
0%
0%

ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯގެ ބިރުވެރި އަދި މަޖާ ފިލްމު "ސްޓްރީ"ގެ ދެވަނަ ފިލްމު ރިލީޒް ކުރަނީ އޮގަސްޓް 15 ވަނަ ދުވަހު ކަމަށް އިއުލާންކޮށްފި އެވެ.

މި ފިލްމުގައި ބަޔަކު ދިރިއުޅޭ އަވަށެއްގައި އުޅެނީ އަންހެނެއްގެ ރޫހެވެ. ރޭގަނޑު ބާއްވާ ހާއްސަ ހަފްލާ ތަކުގައި ފިރެހެނުންނަށް މި ރޫހު ހަމަލާދެނީ އެވެ. މި ސީކުއެލް ބިނާވަނީ ބޯ ނެތް ބިރުވެރި މީހެއްގެ ބިރުވެރިކަމުގެ މައްޗަށެވެ.

މި ފިލްމުގެ ފުރަތަމަ ބައި 2018 ގައި ރިލީޒް ކުރުމުން ބޮޑު ކާމިޔާބީ އެއް ލިބިފައިވެ އެވެ. އަދި މި ފިލްމު ވަނީ 64 ވަނަ ފިލްމްފެއާ އެވޯޑްސް ގައި 10 ކެޓަގަރީއަކަށް ނޮމިނޭޓްވެފަ އެވެ.

އޮގަސްޓްގައި ނެރޭ ފިލްމުގެ ދެވަނަ ބައިވެސް ޑައިރެކްޓް ކުރަނީ ފުރަތަމަ ބައިވެސް ޑައިރެކްޓް ކުރި އަދި ފިލްމުފެއާގައި ބެސްޓް ޑައިރެކްޓަރު ކަމަށް ނޮމިނޭޓް ވި އަމަރު ކައުޝިކް އެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު މެޑޮކް ފިލްމްސްގެ ފަރާތުންނެވެ.

ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯގެ އިތުރުން މި ފިލްމުގައި ޕަންކާޖް ޓްރިޕާތީ، އަބީޝެކް ބެނާޖީވެސް މުހިއްމު ރޯލު ތަކެއް އަދާކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345